theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
މަދޫރޯ އަންހެނުން ސިލިއާ އެކުގައި / ސޯޝަލް މީޑިއާ
ދުނިޔެ
އެއްވެސް ލަސްކުރުމެއް ނެތި މަޑޫރޯ އާއި އަނބިކަނބަލުން ދޫކޮށްލަންޖެހޭ: މެލޭޝިއާ
Yana Shareef
ޔާނާ ޝަރީފް
04 ޖެނުއަރީ 2026

އެއްވެސް ލަސްކުރުމެއް ނެތި ރައީސް މަޑޫރޯ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ދޫކޮށްލުމަށް މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމް ގޮވާލައިފިއެވެ.

މިކަމާ ގުޅިގެން ބޮޑު ވަޒީރު ވަނީ އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބޮޑުވަޒީރު ވަނީ ވެނެޒުއޭލާގައި ހިނގަމުން އަންނަ ހަމަނުޖެހުންތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

ބޭރުގެ ސަރުކާރުގެ އެއްވެސް ލީޑަރެއްގެ މަގާމު އެއްވެސް ސަބަބަކާހުރެ ގަދަކަމުން ނިގުޅައިގަތުމަކީ ނުރައްކާތެރިކަމެއްކަން ފާހަގަކުރައްވައި ބޮޑު ވަޒީރު ވަނީ އެއްވެސް ލަސްކުރުމެއް ނެތި ރައީސް މަޑޫރޯ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ދޫކޮށްލުމަށް ގޮވާލާފައެވެ.

"އެއީ ދައުލަތްތަކުގެ މެދުގައި ބާރު ބޭނުންކުރުމުގައި ހުރި އަސާސީ ހުރަސްތައް ނައްތާލައި، ބައިނަލްއަގްވާމީ ނިޒާމުގެ އަސްލުގައިވާ ގާނޫނީ އޮނިގަނޑު ބަލިކަށިކޮށްދޭ ކަމެއް"

މިއީ ވެނެޒުއެލާގެ ރައްޔިތުން އަމިއްލައަށް ސިޔާސީ މުސްތަގުބަލު ކަނޑައެޅުމެއް ކަމަށް ބުނެ ބޮޑުވަޒީރު ވަނީ ތާރީޚުން ދައްކާފައިވާ ގޮތުގައި، ބޭރުގެ ބާރުގެ ތެރެއިން ލީޑަޝިޕަށް އަންނަ ކުއްލި ބަދަލުތަކުގެ ސަބަބުން ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved