
ނައިޖީރިއާގައި ބޯޓެއް ބަންޑުން ޖަހާލައި 25 މީހުން މަރުވެ 14 މީހުން ގެއްލިއްޖެއެވެ.
މި ބޯޓު ބަންޑުން ޖަހާލީ ހުޅަނގު އުތުރު ޖިގަވާ ސްޓޭޓްގެ އަޑިޔާނީ އަވަށުން ފުރައިގެން ޔޯބޭ ސްޓޭޓްގެ ގާބީއަށް ދިޔަ މަގުމަތީގައެވެ.
ޔޯބެ ސްޓޭޓްގެ އިމަޖެންސީ މެނޭޖްމަންޓް އެޖެންސީގެ ވެރިޔާ މުހައްމަދު ގޯޖޭ ވިދާޅުވި ގޮތުގައި އެ އުޅަނދުގައި 52 ފަސިންޖަރުން ދަތުރުކޮށްފައިވެއެވެ.
ޖިގަވާ ސްޓޭޓްގެ ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދީ، އެ ބޯޓު ބަންޑުން ޖަހާލީ ލީކޭއްގެ ސަބަބުން ކަމަށް ބުނެފައެވެ.
ނައިޖީރިއާގައި ގިނަ ފަހަރަށް އުޅަނދުފަހަރު ދުއްވަނީ ސަލާމަތީ ފިޔަވަޅުތަކަށް ނުވިސްނައެވެ. މީގެ ސަބަބުން މިފަދަ ހާދިސާތައް ދިމާވެ މީހުން މަރުވުމަކީ އާންމުވެފައިވާ ކަމެކެވެ.










