theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ދެ އިންތިހާބު އެއްކޮށްލާ ނަގާލެވެނީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ފުރުސަތު: ރައީސް ޔާމީން / ރައީސް އޮފިސް
ސިޔާސީ
ދެ އިންތިހާބު އެއްކޮށްލާ ނަގާލެވެނީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ފުރުސަތު: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
05 ޖެނުއަރީ 2026
މާލެ ސިޓީ

ގައުމުގައި އޮންނަ އެންމެ މައި ދެ އިންތިހާބު އެއްކޮށްލާ ނަގާލެވެނީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ފުރުސަތު ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި އާދިއްތަ ދުވަހުގެރޭ ވާހަކަފުޅު ދައްކަމަމުން ރައީސް ޔާމީން ވަނީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފައިވާއިރު، ޗުއްޓީގައި މިހާރު އޮތް މަޖިލިސް މެދުވެރިކޮށް ދައުރުން ބޭރުން ޖަލްސާތައް ބާއްވާ އަވަސް އަރުވާލައިގެން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން އުޅޭ އުޅުމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެމަނިކުފާނު ވިދާޅުވި، ރައީސަކު ވެރިކަމަށް އައުމަށް ފަހު ގޯސް ހަދާ ތަން ފެނުނީމާ ރައްޔިތުންގެ މަޖިލީހަށް ހުއްޓުވޭނީ، ރިޔާސީ އިންތިހާބަށް ފަހުން މިހާރު އޮންނަ ގޮތަށް މަޖިލިސް އިންތިހާބު އޮވެގެން ކަމަށެވެ. ހަމައެހެންމެ ބައެއް ސިޔާސީ ލީޑަރުން އެކަމަށް އަތް ޖެއްސެވި ނަމަވެސް، އެ ބަދަލު ގެނައުމުގެ ހިކުމަތެއް އެ މަނިކުފާނަށް ނުވިސްނޭ ކަމަށެވެ. އެގޮތުން ރައީސާއި މަޖިލީހަކީ އެކަކު އަނެކަކު މައްޗަށް ފާރަވެރިވާ ދެ ބާރުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޚަރަދު ކުޑަކުރުމުގެ ނަމުގައި ދެ އިންތިހާބު އެއްކޮށްލަން ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ ބަދަލާއެކު ރައްޔިތުންގެ މާ ބޮޑު މަސްލަހަތެއް ގެއްލޭ ކަމަށެވެ.

އީސަކު ވެރިކަމަށް އައިސް މިކަހަލަ ގޯސް ހަދާ ތަން ފެނުނީމާ [ހުއްޓުވޭނީ] ދެން އަންނަ ރައްޔިތުންގެ މަޖިލީހަކަށް. އެކަމަކު މި ދެ ކަންތައް އެއްކޮށްލާފައި އެއްފަހަރާ ކުރީމާ ރައީސް ކަންތައް ކުރާ ގޮތެއް ފާރަވެރިވާނެ މަޖިލީހެއް ނޫން މި ހޮވެނީކީ. އެހެންވީމާ އަޅުގަނޑަކަށް ނުވިސްނޭ މީގެ ހިކުމަތެއް. ހަމައެކަނި މީގައި މިއޮންނަ ތަންކޮޅަކީ ދެ އިންތިހާބު އެއްކޮށްލީމާ ދައުލަތަށް ހަރަދުކުޑަވާނޭ

- ރައީސް ޔާމީން

ހަރަދު ކުޑަކުރުމުގެ މަގުސަދުގައި ދެ އިންތިހާބު އެއްކޮށްލަންޖެހޭ ސަބަބެއް ނެތް ކަމަށާއި އެ މަގުސަދުގައި އެކަން ކުރާ ނަމަ ހުރިހާ އިންތިހާބުތަކެއް އެއްކޮށްލަންވީ ކަމަށް ޔާމީން ވިދާޅުވިއެވެ.

ފަސް ވަރަކަށް އިންތިހާބު ބާއްވާ މިންވަރަށް ރައީސް މުހައްމަދު މުއިއްޒު ތަންތަނަށް ދަތުރުކުރައްވާ ކަމަށާއި ހަރަދު ކުޑަކުރާ ނަމަ، އެ ފައިސާ އަނބުރާ ދައްކަވަންވީނޫންތޯ ޔާމީން ސުވާލުކުރެއްވިއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved