February 25, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް ފަޒީންގެ މައްޗަށް ދައުވާކޮށްފި

Yana Shareef
ޔާނާ ޝަރީފް
Jan 7, 2026, 03:36 PM

ސީ ފުރައްސާރައިގެ މައްސަލައިގައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ފަޒީންގެ މައްޗަށް ދައުވާކޮށްފިއެވެ.

Advertisement

ފަޒީންގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަކީ ޖިންސީ ގޯނާކުރުމާއި ގައިގާ އަތްލުމުގެ ދައުވާއެކެވެ. މިދިޔަ އަހަރުގެ ތެރޭގައި މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ ފެންމަތިވެ، ފަޒީން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅިއެވެ. އެހެންނަމަވެސް މަޖިލީހުން އެ މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން ފަޒީން ވަނީ އިސްތިއުފާދެއްވާފައެވެ.

މަގާމުން އިސްތިއުފާ ދެއްވަން ހުށަހެޅި ސިޓީއާއެކު ރައްޔިތުންގެ މަޖިލީހަށް ފަޒީންގެ ގާނޫނީ ވަކީލުންގެ ސިޓީއެއްވެސް ހުށަހަޅާފައިވެއެވެ.

އެ ސިޓީގައި، ފަޒީން ބްރޯޑްކާސްޓިން ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި އޭޭނާގެ ގާނޫނީ ވަކީލު ވިދާޅުވީ، އެ ކޮމިޝަންގެ ކަމާބެހޭ ކޮމިޓީ އާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަދި ފުލުހުން މި މައްސަލަ ތަހްގީގުކުރަނީ 'ބުނި ބުނުން' ފިޔަވައި އިތުރު ހެއްކެއް ނެތި ކަމަށެވެ.

ވަކީލު ތުހުމަތުކުރެއްވި ގޮތުގައި ފަޒީން މަގާމުން ވަކިކުރަން މަސައްކަތްކޮށްފައި ވަނީ ކުރީ ސަރުކާރުން އޭނާ ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކޮށްފައިވާތީ އާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ކެނޑިނޭޅި ދައުވާކުރާ ފަރާތެއް ކަމަށް ވާތީއެވެ. އަދި މި މައްސަލަ ތަހްގީގުކުރަމުން ދަނީ ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ވަކި މަގްސަދެއް ހާސިލްކުރުމަށްޓަކައި ކަމަށް ވެސް ވަކީލު ތުހުމަތުކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved