February 26, 2026
Advertisement
-
- / ރައީސް އޮފިސް

ޑރ.ޖަމީލް މުއިއްޒަށް: މަނިކުފާނު ބޮޑާވުން ހުއްޓާލާ، الله އަށް ބިރުވެތިވޭ!

Yana Shareef
ޔާނާ ޝަރީފް
Jan 10, 2026, 09:10 PM

އިދިކޮޅު ފަރާތްތަކަކީ ދީނާ ހިލާފު ސިޔާސީ ފިކުރެއްގެ ގޮތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ސިފަކުރެއްވުމާއި ގުޅިގެން ޕީއެންއެފްގެ ނައިބު ރައީސް، ޑރ.މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އިދިކޮޅު ސިޔާސީ ފިކުރުގެ ފަރާތްތަކަކީ ދީނާ ހިލާފު ބައެއްކަމަށް ވިދާޅުވެ އެ މޭރަމުން ވާހަކަ ދައްކަވާފައެވެ.

މިކަމާ ގުޅިގެން އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ޑރ.ޖަމީލް ވިދާޅުވީ އެންމެ ފުރިހަމަ މުއުމިނަކީ އެންމެ އަޚްލާގު ރަނގަޅު މީހާކަމަށެވެ.

މުއިއްޒު ދީނުގެ ވާހަކަ ދައްކަން ކުފޫހަމައެއް ނުވާކަން ކަށަވަރުކަމަށް ވެސް ޑރ.ޖަމީލް ވިދާޅުވިއެވެ. ޑރ.ޖަމީލް އިތުރަށް ވިދާޅުވީ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން އަމިއްލަ ދޮން މަންމައާ މެދު ކަންތައް ކުރިގޮތުން ދީން ސިޔާސީ މަންފާޔަށް ބޭނުން ކުރާ ފަރާތެއްކަން ފެންނަކަމަށެވެ.

ބޮޑާވުން ހުއްޓާލާ الله އަށް ބިރުވެތިވުމަށް ވެސް ޑރ.ޖަމީލް ވަނީ ޕޯސްޓުގައި ރައީސް މުއިއްޒަށް ގޮވާލާފައެވެ.

އިދިކޮޅު ފަރާތްތަކަކީ ދީނާ ހިލާފު ސިޔާސީ ބައެއްގެ ގޮތުގައި ސިފަކުރައްވާ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved