February 26, 2026
Advertisement
"ވޭކްއަޕް"ގެ ނަމުގައި ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ
"ވޭކްއަޕް"ގެ ނަމުގައި ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ / އަދަދު

ރާއްޖޭގެ އިގްތިސޯދު އޮތީ ވެންޓިލޭޓަރުގައި، ޑޮލަރުގެ އަގު 25 އަރާނެ: ރައީސް ޔާމީން

Jan 12, 2026, 12:51 AM
މާލެ ސިޓީ

ދިވެހިރާއްޖޭގެ އިގްތިސޯދު އޮތީ ވެންޓިލޭޓަރުގައި ކަމަށާ ގައުމުގައި އެމެރިކާ ޑޮލަރުގެ އަގު 25 ރުފިޔާއަށް އަރާނެ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ އޮތް ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި އިންނަވާ ގައުމުގައި ހިންގަމުންދާ ކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހި އިގުތިސާދު އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ކިރިޔާ ވެސް މަސައްކަތެއް ހިނގާނަމަ ޑޮލަރުގެ އަގު 25 ރުފިޔާއާ ހަމައަށް އުފުލޭނެ ކަމަށާ ނަމަވެސް އެއީ ދިވެހި ރައްޔިތުން ތަހަންމަލުކުރާނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން މިހާރު ޑޮލަރުގެ އަގު 20 ރުފިޔާގައި ވެސް އެ ހުރީ އެއަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުން ކަމަށެވެ. ކިރިޔާ ވެސް ތަރައްގީގެ މަޝްރޫއުތަކާއި އިގުތިސާދީ މަސައްކަތްތައް ހިނގަން ފަށައިފި ނަމަ، ޑޮލަރުގެ އަގު މާ މައްޗަށް އަރާނެ ކަމަށް އެ މަނިކުފާނު އަންދާޒާކުރައްވާފައިވެއެވެ.

އިގުތިސާދު ވެންޓިލޭޓަރުން ނެގި، މިތާ ހަރަކާތްތަކެއް ހިނގާ ކަމަށްވަންޏާ ޑޮލަރު ނުލިބޭނެ 20.25 އަކަށް. އެއަށްވުރެ މާ އަގުބޮޑުވާނެ. މިއަދު ހަރަކާތްތަކެއް ނުހިނގާ. ހުރިހާ ބިޒްނަސްތަކެއް ޝަޓް. ރިއަލްއެސްޓޭޓެއް ނުހިނގާ. އެހެން ބޮޑު ކަމެއް ނުހިނގާ. އެހެންވެ ބޭރުން މުދާ އިމްޕޯޓު ކުރާކަށް ވެސް އެހެން ކަމެއް ކުރާކަށް ވެސް މަދު ކަމެއްގައި ޑޮލަރު މި ބޭނުންވަނީ

ރައީސް ޔާމީން

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާއިރު، ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 20.20 ރުފިޔާއަށެވެ. އެއީ، މި ފަހުގެ ތާރީޚެއްގައި ޑޮލަރުގެ އަގު އެރި އެންމެ މަތީ ރޭޓުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved