
ގްރީސަށް އިގްތިސޯދީ ގޮތުން ކުރިމަތިވި ފަދަ ދަތި ހާލަތަކާ ދިވެހިރާއްޖެއަށް ވެސް ކުރިމަތިލާން ޖެހިދާނެ ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އިސްމާއިލް ޒަރިަޔންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޒަރިޔަންދު ވިދާޅުވެފައިވަނީ، އަހަރުތަކެއް ވަންދެން ސިޔާސީ ޚަރަދުތަކާއި، ބޮޑުވަމުން އަންނަ ދަރަނިތަކާއި، ބަލިކަށި ކޮންޓްރޯލްތަކާއި، ދައްކަމުންދާ ދޮގު ބުހުތާނު ވާހަކަތަކުން، ރައްޔިތުން ސަރުޚާރަށް ކުރަމުން އަންނަ އިތުބާރު ގެއްލިގެން ދާންދެން ދުވަސްކޮޅަކަށް މެނޭޖްކުރެވޭނެހެން ވެރިންނަށް ހީވެދާނެ ކަމަށެވެ.
ނަމަވެސް ދެން ލޯނު ނެގުން ދަތިވެ، ހަރަދުތައް ވަރަށް ބޮޑަށް މައްޗަށް ގޮސް، އާދައިގެ މީހުންނަށް ގެއްލުން ލިބޭ ހިސާބަށް ގައުމުކަންކަން ދަތުރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ބެލެވޭ ގޮތުގައި ޒަރިޔަންދު އެ އިޝާރާތްކުރެއްވި ރާއްޖޭގެ އިގްތިސޯދީ ހަލާތާ ގުޅުވާ ސަރުކާރުން ރައްޔިތުންނަށް ކަންކަން ސިއްރުކުރަމުން ދާ ދިއުމަށާ ސަރުކަރުގެ ދޯހަޅި ސިޔާސަތުތަކަށެވެ.
ގްރީސްގެ އިގްތިސޯދީ ހާލަތުން މިސާލު ނަގާ ރާއްޖޭގެ ހާލަތާ އަޅާ ކިޔާފައި ޒަރިޔަންދުވާއިރު، ދުނިޔޭގެ ބޮޑު ރިސެޝަންގެ ހަލަބޮލިކަމާއި، ގްރީސްގެ އިގްތިސާދުގެ ސްޓްރަކްޗަރަލް ބަލިކަށިކަމާއި، ޔޫރޯޒޯންގެ މެމްބަރެއްގެ ގޮތުގައި މަނިޓަރީ ޕޮލިސީ ފްލެކްސިބިލިޓީ ނެތުމުން 2009 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ގްރީސްގެ އިގްތިސޯދީ ހާލަތު އަހަރުތަކަކަށް ނުވަތަށް ދިގުދެމިގެން ދިޔައިރު އޭގެ ބޮޑު ސަބަބަކަށް ވެފައިއޮތީ އެގައުމުގެ ދަރަނީގެ މިންވަރުކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގައި ދަރަނި ބޮޑުތަނުން އޮތްއިރު އެކަމުގެ އަސަރު އިގްތިސޯދަށް ބޮޑުކޮށް ދަނީ ކުރަމުންނެވެ.










