April 20, 2026
Advertisement
ސަރުކާރުން ކުރަނީ ކަކުލުގައި ޖަހާލުމުން ކަކޫ ވިއްސައިގެންދާ ކަހަލަ ކަންކަން: ރައީސް ޔާމީން
ސަރުކާރުން ކުރަނީ ކަކުލުގައި ޖަހާލުމުން ކަކޫ ވިއްސައިގެންދާ ކަހަލަ ކަންކަން: ރައީސް ޔާމީން / ސޯޝަލް މީޑިއާ

ސަރުކާރުން ކުރަނީ ކަކުލުގައި ޖަހާލުމުން ކަކޫ ވިއްސައިގެންދާ ކަހަލަ ކަންކަން: ރައީސް ޔާމީން

Apr 20, 2026, 07:12 PM
މާލެ ސިޓީ

ސަރުކާރުން ކުރަނީ ކަކުލުގައި ޖަހާލުމުން ކަކޫ ވިއްސައިގެންދާ ކަހަލަ ކަންކަން ކަމަށް ވިދާޅުވެ ސަރުކާރުން އިގްތިސޯދު ހަރުދަނާ ކުރުމުގެ ނަމުގައި އަޅަމުން އަންނަ ފިޔަވަޅުތަކަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ފާޑުވިދާޅުވެފައި މިވަނީ، ޕީއެންއެފްގެ ފްރޮންޓު އޮފީހުގެ ޖަލްސާއެއްގައި އިންނަވާ ދެއްކެވި ވާހަކަފުޅެއްގައެވެ.

ސަރުކާރުގެ އުރަތްޕެއް ނެތްކަމުން ހުރިހާ ގެއްލުން ވަމުންދަނީ ރައްޔިތުންނަށް ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ގައުމުގެ އިގްތިސޯދު އޮތް ނާޒުކު ހާލަތާ އެކުވެސް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްވެސް ހަރުދަނާ ފިޔަވަޅުތަކެއް އެކަމުގެ ހައްލު ހޯދަން ނާޅުއްވާ ކަަމަށެވެ.

އަޅުއްވާ ފިޔަވަޅުތައް ވެސް އަޅުއްވަނީ ނަމެއްގައި ކަމަށާ އޭގެއިން ވެއްޓެނީ ރިހޭ ފައި މައްޗަށް ފޮއިކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ކުރިމަތިލާން ޖެހެނީ ބުރައިގެ މައްޗަށް ބުރައާ އިތުރު ތަކުލީފާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ތާކުން ތާކު ނުޖެހޭ ބޭކާރު ފިޔަވަޅުތަކެއް ކަމަށާ އޭގެ މިސާލަކީ ކަކުލުގައި ޖެހުމުން ކަކޫ ވިއްސައިގެން ދިއުން ފަދަ މިސާލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މުޅި ދުނިޔެވެސް އިގްތިސޯދީ ގޮތުން ބޮޑު ތަދަކާ ކުރިމަތިލަމުންދާއިރު ރާއްޖެ ފަދަ ގައުމަކުން އެކަމާ މެދު ހަ ގުނަ އިތުރަށް ވިސްނަން ޖެހޭ ކަމަށާ ސަރުކާރުގެ އަމަލުތައް ހަރުދަނާކޮށް ބޭކާރު ކަރަދުކުރުން ހުއްޓާލަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved