March 2, 2026
Advertisement
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު / ޤައުމީ ކެނޑިޑޭޓްގެ އޮފީސް

ޕާޓީއެއްގެ މީހަކު ކައުންސިލަށް އައްޔަންކުރުމަކީ ސިޔާސީ ކޯޅުމާ ބަދަލުހިފުމުގެ ރޫހު އަށަގަންނާނެކަމެއް: ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 12, 2026, 07:39 PM
މާލެ ސިޓީ

ޕާޓީއެއްގެ މީހަކު ކައުންސިލަށް އައްޔަންކުރުމަކީ ސިޔާސީ ކޯޅުމާ ބަދަލުހިފުމުގެ ރޫހު އަށަގަންނާނެކަމެއް ކަމަށް މާލެ ސިޓީގެ މޭޔަރ ކަމަށް ނުކުންނަވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ޒަރިޔަންދު އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސިޓީއެއްގެ ތަރައްޤީގެ އަމާޒު ކަނޑައެޅުމުގެ ބާރު ފެށެނީ ރައްޔިތުންގެ ބައިވެރިވުމުންކަން އެނގޭއިރު، ވަކި ޕާޓީއަކުން ކައުންސިލަށް ވެރިޔަކު ހޮވުމުގެ ނަތީޖާއަކީ، ސިޔާސީ ކޯޅުމުން، ވަކި ކުލަޔަކަށް އިސްކަންދޭންޖެހި، ބަދަލުހިފުމުގެ ރޫޙު އަށަގަނެ، ރައްޔިތުންނަށް ދޭންޖެހޭ ޤާނޫނީ ހިދުމަތްތައް ހަނދާންނެތޭ ކަމެއް ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ކުރިމަތިލުމުގެ ވިސްނުން އޭނާގެ އުފެދުނީ ވޭތުވެދިޔަ 14 އަހަރުގެ ލާމަރުކަޒީ ތަޖުރިބާއަށްބަލާފައި ކަމަށް ވެސް ޒަރިަޔްނދު ވަނީ ވިދާޅުވެފައެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު، އޭނާއަށް ވަނީ ޕީއެންއެފްެ އެންޑޯޒްމަންޓު ލިބިފައެވެ. ޒަރިޔަންދު ކައުންސިލްއަށް ވާދަކުރައްވާނީ ނަމަވެސް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.

ޒަރިޔަންދު ކުރިން ވިދާޅުވެފައިވަނީ މޭޔަރު ކަމަށް ސިޔާސީ ފިކުރުން ތަތްތެޅިފައި ތިބި ބަޔަކު އައިސްފި ނަމަ ރައްޔިތުންނަށް ޚިދުމަތްކުރުމަށް އެބަޔަށް ވަގުތު ނޯންނާނެ ކަމަށާ އެބަޔަކު އުޅެން ޖެހޭނީ އެ ޕާޓީއެއް ޕްރޮމޯޓުކުރުމުގައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved