March 1, 2026
Advertisement
-
- / VOC Maldives

ރައްޔިތުންގެ މަޖިލީހަކީ އެހެން މީހުންގެ ފަސްބައި ދޮވެވޭ ވަރަށް ވުރެ ހާލަތު ދެރަ ބައެއް: ރައީސް ޔާމީން

Jan 13, 2026, 12:14 AM
މާލެ ސިޓީ

އަދުގެ ރައްޔިތުންގެ މަޖިލީހަކީ އެހެން މީހުންގެ ފަސްބައި ދޮވެވޭ ވަރަށް ވުރެ ހާލަތު ދެރަ ބައެއް ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި އިންނަވާ ބުރާސްފަތި ދުވަހުގެރޭ އެމަނިކުފާނު ވަނީ މަޖިލީހުގެ އެކި ކޮމިޓީތަކުން ދައުލަތުގެ އެކި އެކި މުއައްސަސާތަކާ އެ މުއައްސަސާތަކުގެ ވެރިންގެ މައްސަލަ ބަލަމުންދާކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގައި އެހެން މީހުންގެ މައްސަލަ ބަލަން ތިބީވެސް ވަކި ފަސްބައި ސާފު ބައެއް ނޫން ކަމަށެވެ.

އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން މަނިކުފާނު މިސާލެއްގެ ގޮތުގައި ނެންގެވީ، ފުލުހުންގެ މުއައްސަސާގެ ވެރިންތަކެއްގެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއިން ބަލަމުންދާ ދިއުމެވެ. އެމަނިކުފާނު ވިދާޅުވީ މުއައްސަސތަކުގެ އެތެރޭގެ ހިންގުމުގައި ދިމާވާކަންކަން ތަހުގީގުކުރާނީ އެ މުއައްސަސާއެއްގެ އެތެރޭގައި އެކަންކަން ބަލަން އުފައްދާފައި ހުންނަ ކޮމިޓީތަކުން ކަމަށާ އެކަމުގެ ތެރެއަށް މަޖިލީހުން ވަދެ ނުފޫޒު ހިންގަން ނުޖެހޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދު މިގައުމުގައި "ޖަސްޓިސް" ބަދަލުވެފައިވަނީ "ޖަސްޓު އައިސް" އަށް ކަމަށެވެ. އެގޮތުން އިންސާފާ ހަމަ މި ސަރުކާރުގައި ނެތްކަން އެމަނިކުފާނު ތަކުރާރުކޮށް ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved