އިރާނުގައި ހުންނަ މުގައްދަސް މިސްކިތަކަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތާއީދުކުރާ ފަރާތްތަކަކުން ހަމަލާދީ އެ މިސްކިތް ސުންނާފަތިކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިރާނުގެ ސިޓީއެއްގައި ހުރި ތާރީޚީ އަދި ދީނީ ގޮތުން މުހިންމު މިސްކިތެއްގައެވެ. މި ހަމަލާދިން މީހުންނަކީ ހުޅަނގުގެ ފިކުރަށާއި އިސްރާއީލުގެ ސިޔާސަތުތަކަށް ތާއީދުކުރާ، އަދި އިސްލާމީ އުސޫލުތަކާ ދެކޮޅު ފިކުރުތައް ކުރިއަރުވަން މަސައްކަތްކުރާ ބައެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި، މި ހަމަލާދިން މީހުން މިސްކިތަށް ވަދެގަނެ، އެތަނުގެ ތަޅުމާއި ފާރުތަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު، މިސްކިތް ވަނީ އެއްކޮށް ސުންނާފަތިކޮށްލާފައެވެ. މި އަމަލަކީ އިސްލާމްދީނަށާއި މުސްލިމުންގެ މުގައްދަސް ބިނާތަކަށް ދިން ވަރަށް ރަހުމުކުޑަ ހަމަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
މި ހާދިސާއާ ގުޅިގެން އިރާނުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މިކަން ތަހުގީގު ކުރަމުންނެވެ. އަދި އިސްލާމީ ގައުމުތަކުގެ ގިނަ ރައްޔިތުން ދަނީ މި ނުބައި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. މިސްކިތްތަކަކީ މުސްލިމުންގެ އެންމެ މުގައްދަސް ބިނާތަކަށް ވީހިނދު، މިފަދަ ހަމަލާތަކަކީ މުޅި އިސްލާމީ އުންމަތަށް ދެވޭ ހަމަލާއެއް ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެއެވެ.
މިފަދަ އަމަލުތަކަކީ މުސްލިމް އުންމަތުގެ މެދުގައި ފިތުނަ އުފައްދައި، ދީނީ ބިނާތަކުގެ ހުރުމަތް ކަނޑާލުމަށް ހިންގޭ ވަރަށް ނުރައްކާތެރި ޖަރީމާތަކެކެވެ.
މީގެ އިތުރުން، އިރާންގެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކުރަމުންދާއިރު، އެކަން ހުއްޓުވަން އެ ގައުމުގެ ސަރުކާރުން ހަރުކަށީ ފިޔަވަޅުތަކެއް އަޅަމުން ގެންދާ ދިއުމަށް އިޝާރާތްކުރައްވާ ނަޝީދުވަނީ ޕޯސްޓްކޮށްފައެވެ. މި ޕޯސްޓްގައި އީރާނުގެ ރައްޔިތުން މަގުމައްޗަށް ނިކުމެ ކުރަމުންދާ މުޒާހަރާތަކުގައި މުސްލިމް ގައުމެއްގެ ހައިސިއްޔަތުން އެ ގައުމުގެ ރައްޔިތުންނާއެކު ތިބެންޖެހޭ ކަމަށާއި ހިމާޔަތް ކުރަންވީ އެ ގައުމުގެ ސަރުކާރު ނޫން ކަމަށް ވިދާޅުވުމުން އެ ގައުމުގެ ސަފީރުވަނީ ނަޝީދަށް ވަރުގަދަ ރައްދެއްވެސް ދެއްވާފައެވެ.