theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
މިނިސްޓަރު ޚަލީލުއާ ރައީސް މުއިއްޒު / ސަން އޮންލައިން
ހަބަރު
ޒަރިޔަންދު ރައީސް ޔާމީން ދޫކޮށް ގޮއްސި ކަމަކަށް ބުނެ ދޮގު ހަބަރު ފަތުރަން އެންގީ ސިދާ ރައީސް އޮފީހުން: އޮފިޝަލް
15 ޖެނުއަރީ 2026
މާލެ ސިޓީ

މާލެ ސިޓީގެ މޭޔަރ ކަމަށް އިސްމާއިލް ޒަރިޔަންދު، ރައީސް އަބްދުﷲ ޔާމީން ދޫކޮށް ގޮއްސި ކަމަކަށް ބުނެ ދޮގު ހަބަރު ފަތުރަން އެންގީ ސިދާ ރައީސް އޮފީހުން ކަމަށް އެ އޮފީހުގެ އޮފިޝަލަކު މައުލޫމާތު ދީފިއެވެ.

ރައީސް ޔާމީންގެ ފަޅި ދޫކޮށް ޒަރިޔަންދު ކައުންސިލް އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ނިންމައިފި ކަމަށް ބުނެ ސަރުކާރުން ފަންޑު ކުރާ ބްލޮގަކުން ދޮގު ހަބަރު ފަތުރާފައިވާއިރު، އެކަން ކުރަން އެންގީ ސީދާ ރައީސް އޮފީހުން ކަމަށްވެއެވެ.

އެގޮތުން އެކަން ކުރަން އެންގީ ސަރުކާރު ފަޅިއަށް ކާމިޔާބު ލިބުން އިންތިހާބުގައި ދުރުކަމަށް ހިސާބުތަކުން ދެއްކުމުން ޒަރިޔަންދަށް "ޑެމޭޖު" ދިނުމުގެ ގޮތުން ކަމަށް ވެސް އެ އޮފިޝަލް ވަނީ މައުލޫމާތު ދީފައެވެ.

އެކަން އެގޮތަށް ކުރަން އެންގީ ރައީސް އޮފީހުގެ މިނިސްޓަރެއް ކަމަށްވެސް ވަނީ މައުލޫމާތު ދީފައެވެ. އެހެންކަމުން ޒަރިޔަންދު ރައީސް ޔާމީން ފަޅި ދޫކޮށްލި ކަމަށް ބުނެ ސަރުކާރުން ރާވައިގެން ދޮގު ހަބަރު ފަތުރަނީކަން ވަނީ ކަށަވަރުވެފައެވެ.

ޒަރިޔަންދު އެއްވެސް އިރަކު ރައީސް ޔާމީންގެ ޕާޓީއިން އިންތިހާބުގައި ވާދަކުރަން ނިންމާފައިނުވެއެވެ. އޭނާއަކީ ރައީސް ޔާމީން "އެންޑޯސް" ކުރެއްވި ގައުމީ ކެންޑިޑޭޓެވެ. އަދިވެސް އެކަން އޮތީ އެހެން ކަމަށާ އެކަން ބަދަލުވެސް ނުވާނެ ކަމަށް ޕީއެންއެފުން ވެސް ބުނެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved