theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު / ޤައުމީ ކެނޑިޑޭޓްގެ އޮފީސް
ހަބަރު
ރައީސް ޔާމީންގެ ތާއީދާއެކު ނުކުންނަނީ ދޮގު ހަދަން ފުރުސަތު ނުހުޅުވަންވެގެން: ޒަރިޔަންދު
15 ޖެނުއަރީ 2026
މާލެ ސިޓީ

މާލެ ސިޓިގެ މޭޔަރު ކަމަށް ނުކުންނަނީ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު ކަން އެ މަގާމަށް ކުރިމަތިލާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިަޔންދު ކަށަވަރުކޮށްދީފިއެވެ.

އެގޮތުން ޒަރިޔަންދު ރައީސް ޔާމީންގެ ފަޅި ދޫކޮށް އަމިއްލައަށް ކައުންސިލް އިންތިހާބުގައި ވާދަކުރަން ނިންމި ކަމަށް ބުނެ ސަރުކާރުން ފަންޑުން ކޮށްގެން ހިންގާ ބްލޮގެއް ކަމަށްވާ "ރާކަނި"ގައި ދޮގު ހަބަރު ފަތުރާފައިވާވުމާ އެކު ޒަރިޔަންދު ވަނީ އޭނާ އިންތިހާބަށް ނުކުންނަނީ ރައީސް ޔާމީންގެ ތާއީދާއެކު ކަން ކަށަވަރުކޮށްދީފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ، އޭނާގެ ޤައުމީ ފިކުރާއި، އުސޫލުތަކާއި، ޤާނޫނީ ހަމަތަކަށް ބަލައި، ރައްޔިތުންގެ ހިދުމަތުގެ އިންތިޚާބީ މަޤާމަކަށް ނުކުތުމަށް ސިޔާސީ އެއްވެސް ފަރާތަކުން ބޭނުންނުވެ އޮއްވާ، އެ ހިތްވަރާއި އިތުބާރު އިސްވެ އޭނާއަށް ދެއްވީ ރައީސް ޔާމީން ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީންގެ ތާއީދާއިއެކު މާލޭގެ މޭޔަރުކަމަށް ކުރިމަތިލުމަށް ހެދުން އެޅީ ނުވަތަ ތައްޔާރުވީ ހުދުކުލައިން އެހެން ކުލަތަކަށް ބަދަލުކުރުމުގެ ފުރުސަތު ބޮޑުވާތީ ކަމަށާ ހުދުކުލައިގެ ހެދުމެއްގައި ހުރެ ހަދާ ދޮގު ރައްޔިތުންނަށް ޤަބޫލުކުރަން ފަސޭހަވާތީ އޭނާ މޭޔަރުކަމަށް ނުކުންނަން އިއުލާން ކުރަން ހެދުން އެޅި ކަޅުކުލަ ހިޔާރުކޮށްގެން ކަމަށްވެސް ޒަރިޔަންދު ވަނި ވިދާޅުވެފައެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވެގައިވާއިރު، ރައީސް ޔާމީންގެ އެންޑޯސްމަންޓު ޒަރިޔަންދަށް ދެއްވީ މާލެ ސިޓީ ކައުންސިލްގެ ތެރޭގައި ރަގަޅު ކުރަން ޖެހޭ ބައިވަރު ކަންކަން ހުރެ އެކަންކަން ބަލާ ފިޔވަޅު އެޅުމުގެ ގާބިލުކަން ޒަރިޔަންދުގެ ކިބައިގައި ހުރި ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާތީކަން ހާމަކުރައްވާފައިވެއެވެ.

އެހެންކަމުން ހުރިހާ ދިމާއަކުން ވެސް ރީސެޓު ކުރަން ޖެހިފައި އޮތުމުން މާލެ ސިޓީ ރީސެޓުކުރެވޭނީ ޒަރިޔްންދު ފަދަ ނަޒާހަތްތެރި މީހަކަށް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved