އީރާނުގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވަރުގަދަ ހަމަލާއެއް ދިނުމަށް ބަޔަކު ރާވަމުންދާ ކަމުގެ ހެކި ހިމެނޭ ފޫޓޭޖެއް އެގައުމުގެ ސަލާމަތީ ބާރުތަކުން އާންމުކޮށްފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން އާންމުކުރި މި ވީޑިއޯއިން ފެންނަ ގޮތުގައި، ހަމަލާ ދިނުމަށް ތައްޔާރުވަމުންދިޔަ މީހުން ދަނީ ބޮޑެތި ހަތިޔާރުތައް އުޅަނދުފަހަރަށް ބަރުކުރަމުންނެވެ. އަދި އާންމުންގެ ތެރޭގައި ފާހަގަނުވާނޭ ފަދައިން ހެދުމުގެ ދަށުގައި ބަޑި ފޮރުވައިގެން އުޅޭ މަންޒަރުވެސް މި ފޫޓޭޖުން ފެންނަން ހުއްޓެވެ.
މި ހަރަކާތްތަކާ ގުޅޭގޮތުން އީރާނުގެ ޖާސޫސީ އިދާރާތަކުން ބުނެފައިވަނީ، މި މީހުންނަކީ ބޭރުގެ ޖާސޫސީ އިދާރާތަކާ ސީދާ ގުޅުން އޮންނަ ބައެއް ކަމަށެވެ. އެގޮތުން، މި މީހުން މުވާސަލާތު ކުރުމަށްޓަކައި ބޭރުގެ ޖާސޫސީ އިދާރާތަކުން ބޭނުންކުރާ ފަދަ ވަރުގަދަ ސެޓެލައިޓް މުވާސަލާތީ އާލާތްތައް ބޭނުންކުރަމުންދިޔަ ކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އީރާނުން މި ފޫޓޭޖް އާންމުކޮށްފައި މިވަނީ އެގައުމުގެ ދާޚިލީ ހަމަޖެހުން ނަގާލުމަށް ބޭރުގެ ބާރުތަކުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
NEW:
— Megatron (@Megatron_ron) January 16, 2026
🇮🇷 Iran has released a footage showing a highly trained group of individuals (most likely Mossad) preparing an attack in Iran on Thursday, 8 January
Loading weapons, concealing firearms under clothing, and using satellite communications believed to be linked to foreign… pic.twitter.com/S2fnRdnJR6
މި ހަމަލާ ރާވާފައިވަނީ ކޮން ސަރަހައްދަކަށް ކަމެއް އަދި މިކަމުގެ ފަހަތުގައިވަނީ ކޮން ގައުމެއްގެ ޖާސޫސީ އިދާރާއެއް ކަމެއް އީރާނުން ސީދާ ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިފަދަ ނުރައްކާތަކުން ގައުމު ސަލާމަތް ކުރުމަށް ފާރަވެރިވެ ތިބި ކަމަށް އީރާނުގެ ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ.