theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
ޚަރަދު ކުޑަކުރަން ތިހާ ބޭނުމިއްޔާ ކުރި ދަތުރުތަކުގެ ޚަރަދު ދައުލަތަށް ދައްކަންވީނޫންތޯ: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
18 ޖެނުއަރީ 2026
މާލެ ސިޓީ

ދައުލަތުގެ ޚަރަދު ކުޑަ ކުރުމުގެ ހެޔޮ ނިޔަތް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކިބައިގައި ހުންނެވި ނަމަ އެމަނިކުފާނު މިހާތަނަށް ކުރެއްވި ބޭކާރު ދަތުރުތަކުގެ ޚަރަދު އަނބުރާ ދައުލަތަށް ދައްކަން ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލައްވާފައިވަނީ، ޚަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން މައި ދެ އިންތިހާބު އެއްކޮށްލަން މަސައްކަތްކުރަމުންދާ ދިއުމަށް އިޝާރާތްކުރައްވާ ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ޚަރަދު ކުޑަކުރަން ކަމަށް ބުނެ މި ސަރުކާރުން މައި ދެ އިންތިހާބު އެއްކޮށްލަން އުޅޭއިރު މި ސަރުކާރަކީ ބޭކާރު ބޮޑެތި ހަރަދުތައް ކުރާ ސަރުކާރެއް ކަމަށާ އެހެންކަމުން ޚަރަދު ކުޑަކުރަން ބޭނުން ނަމަ އެކަންކަން ހުއްޓާލުން ބުއްދިވެރި ކަމަށެވެ.

އެގޮތުން މިހާ ތަނަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުތަކުގެ ޚަރަދު އެކަނި، 260 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ޚަރަދު ކުޑަކުރަން ބޭނުންނަމަ އެ ފައިސާ އަނބުރާ ދައްކަންވީ ކަމަށެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލްތައް އުވާލާ ކައުންސިލަތަކުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކައުންސިލްތަކުގެ ބާރު ހަނިކުރުމަށް ފަހު ގިނަ ކައުންސިލް އިމާރާތްތަކެއް އެޅުމުގެ ބޭނުމެއް ނެތްކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ އޮފީސްތައް އިމާރާތްކުރުމަށް ވެސް 55 މިލިއަން ޑޮލަރު ޚަރަދު ކުރުމުގެ ބަދަލުގައި އެ ފައިސާވެސް ގައުމުގެ ބަޖެޓުގެ ތެރެއަށް ރޯލު ކުރުމުން ޚަރަދު ކުޑަވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ދެ އިންތިހާބު އެއްކޮށްލައިގެން ސަރުކާރުން އުޅެނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ގެއްލުވާލަން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?