March 10, 2026
Advertisement
މުއިއްޒު
މުއިއްޒު / ގޫގުލް

ޗާގޯސް ހޯދަން މަސައްކަތެއް ނުކޮށް މުއިއްޒު ވާހަކަ ދައްކަނީ އޮޅުވާލަން: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 21, 2026, 10:59 PM
މާލެ ސިޓީ

އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް އައިލެންޑްސް އަނބުރާ ރާއްޖެއަށް ހޯދުމުގައި އެއްވެސް މަސައްކަތެއް ނުކޮށް ރައީސް މުހައްމަދު މުއިއްޒު އަނެއްކާވެސް ވާހަކަ ދައްކަވަނީ އޮޅުވާލަން ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

"ޗާގޯސް ދިނީ ގަމާރުކަމުން ކަމަށް ޓްރަމްޕްވެސް ބުނެފި" މި ސުރުޚީގެ ދަށުން އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރެއް ހިއްސާ ކުރައްވާ ޑރ ޖަމީލު އެކްސްގައި ވިދާޅުވީ ޗާގޯސްގެ ޙައްގުތައް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދޫކޮށްލީ ނޭނގި ތިބެ ނޫން ކަމަށެވެ. އެއީ ރޭވިގެން ހިންގާފައިވާ ބޮޑު ކްރައިމެއްގެ ގޮތަށް ސިފަވާ ކަމަށް ވިދާޅުވެ ޑރ ޖަމީލު ވިދާޅުވެފައިވަނީ ޗާގޯސްގެ ވާހަކަ ދައްކަމުން ވެރިކަމަށް ރައީސް މުއިއްޒު އައުމަށްފަހު އެތަނުން ލިބިދާނެ އެއްވެސް ޙައްގެއް ހޯދަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

އެބަޔަކަށް ލިބެން އޮތް ޓެރިޓޯރިއަލް ޙައްގެއް ދޫކޮށްލާނީ ކޮން ބައެއްކަމާ މެދު ސުވާލު އުފައްދަވާ ޑރ ޖަމީލު ވަނީ އެކަމާ ވަކާލާތުކޯށް ގާނޫނީ ބަޙުސް ދޫކޮށްލާ ކޮންބައެއްމކަމާ މެދުވެސް ސުވާލު އުފައްދަވާފައެވެ. މީގެ އިތުުރުން ޗާގޯސް އަނބުރާ ހޯދުމުގެ ނަމުގައި ނެގި ގާނޫނީ ޓީމު ކޮބައިކަމާ މެދުވެސް ސުވާލު އުފައްދަވަމުން ޑރ ޖަމީލު ވަނީ ޗާގޯސްއަކީ ދެކުނުން އައްޑޫ ފުވައްމުލަކުގެ ޒަމާންވީ ތަރިކައިގެ ދަލީލު ފެންނަތަނެއްކަން ފާހަގަކުރައްވާފައެވެ.

މިއަދު ރައީސް މުއިއްޒާއި ނަިއބު ރައީސް ސެމްބެވެސް މިތަނުން ގެއްލުނު ޙަައްގުތަކުގެ ޒިންމާ އުފުލަން ޖެހޭ ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ އޮޅުވާލަން އާންމުކޮށް ރައީސް މުއިއްޒު ދޮގު ވާހަަކަ ދައްކާ ގޮތަށް މިހާރު މިކަމުގައި ވެސް ދޮގު ހަދާ އޮޅުވާނުލުމަށް އިލްތިމާސްކުރައްވާފައެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ޗާގޯސް އިސްތިއުމާރުކޮށްގެން ތިބި އިނގިރޭސިން އެ އަތޮޅު މޮރިޝަސްއާ ހަވާލުކުރިޔަސް އެތަން ލިބުން އެންމެ ހައްގުކަން ބޮޑު ގައުމަކީ ދިވެހިރާއްޖެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އަނެއްކާވެސް ވަނީ ވިދާޅުވެފައެވެ.

އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ދޫކޮށްލާތީ އެކަމާ ގުޅޭ ގޮތުން ރާއްޖޭން ދެކޭ ގޮތް ހާމަކޮށް ދިވެހި ސަރުކާރުން ވަނީ އިނގިރޭސިވިލާތައް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ވަނީ އިނގިރޭސިވިލާތުން މޮރިޝަސް އަށް ޗާގޯސް ދިނުމަށް ވުރެ ރާއްޖެއާ އެތަން ހަވާލުކުރުން މާ އައުލާކަން ބޮޑު ކަމަށެވެ.

އެ ސިޓީ ފޮނުވުން ފިޔަވައި އެ މައްސަލާގައި ސަރުކާރުން ކުރި އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved