April 15, 2026
Advertisement
ޣައްޒާގެ ޚާން ޔޫނުސްގައި ސުންނާފަތި ވެފައިވާ އިމާރާތެއް ކުރިމަތީ އަންހެނަކު ކުއްޖަކު އުރާލައިގެން
ޣައްޒާގެ ޚާން ޔޫނުސްގައި ސުންނާފަތި ވެފައިވާ އިމާރާތެއް ކުރިމަތީ އަންހެނަކު ކުއްޖަކު އުރާލައިގެން / އޭއެފްޕީ

ޣައްޒާ ހަނގުރާމަ ރޯދަމަހަށް ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވުނު

Azzama
އައްޒާމާ
Mar 8, 2024, 02:51 AM

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް މިސްރުގެ ވެރިރަށް ޤާހިރާގައި ހަމާސްގެ އާ އިސްރާއީލަށް ނާދެވި ވާހަކަތައް ނިންމާލައިފި އެވެ. ނަމަވެސް ހަމާސްއިން ބުނަނީ އިސްރާއީލާއެކު ނުސީދާ މަޝްވަރާތައް ނުނިމޭ ކަމަށެވެ.

Advertisement

ކުރިއަށް އޮތް ހަފުތާގައި ރަމަޟާން މަސް ފެށުމަށް 40 ދުވަހުގެ މުއްދަތަށް ހަމަނުޖެހުން ހުއްޓާލެވޭނެ ކަމަށް އުންމީދު ކުރެވުނެވެ.

ބަނޑުހައިހޫނުކަމުގެ ކާރިސާއަކާ ޣައްޒާ ރައްޔިތުން ކުރިމަތިލާފައިވާއިރު، ބައިނަލްއަޤްވާމީ ޕްރެޝަރު ވަނީ އިތުރުވެފައެވެ.

އެކަމަކު މިސްރާއި ގަތަރުގެ މެދުވެރިންނަށް ވަނީ އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ މީހުންގެ ބަދަލުގައި އިސްރާއީލުގެ ރަހީނުން ހަމާސްއިން މިނިވަން ކުރާނެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.

އިސްރާއީލުން ޤާހިރާއަށް ވަފުދެއް ނުފޮނުވައި، ފުރަތަމަ ބޭނުންވަނީ އެ އެއްބަސްވުމުގެ ދަށުން ދޫކޮށްލެވޭނެ ރަހީނުންގެ ލިސްޓެއް ކަމަށް ބުނެފައެވެ.

ހަމާސް އިން ކުރި ޑިމާންޑުގެ ތެރޭގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ގެދޮރަށް އެނބުރި ދެވޭނެ ގޮތް ވުމާއި، ޣައްޒާގެ ސިޓީތަކުން އިސްރާއީލުގެ ސިފައިން ފޭބުން ހިމެނެއެވެ. ނަމަވެސް އިސްރާއީލުން މި ޑިމާންޑްތައް ގަބޫލެއް ނުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved