
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓު. އިސްމާއިލް ޒަރިޔަންދުގެ ކެމްޕެއިނަށް މާލީ ގޮތުން އެހީތެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެކްސްގައި ހިއްސާ ކުރެއްވި ވީޑިއޯ މެސެޖެއްގައި ޒަރިިޔަންދު ވިދާޅުވީ މާލޭގައި ދިިރިއުޅޭ އެެއްމެހައި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ހުރުމަށް، މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލަނީ މާލެ ސިޓީގެ ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ކައުންސިލްގެ އިދާރީ އިންތިޒާމުން ކަރަޕްޝަނާއި ހިޔާނާތް ސާފުކޮށް، މާލޭގެ ރައްޔިތުންގެ ހައްގުތަށް ކަށަވަރުކުރުމުގެ އަޒުމުގައިކަމަށެވެ.
ކެމްޕެއިނުގައި އެންމެ ބޭފުޅުންގެ ބައިވެރިވުން ބޭނުންވާތީ، ކެމްޕޭނު ހިންގުމަށް މާލީ ގޮތުން އެހީތެރިކަން ބޭނުންވާ އެންމެހާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވިފައި އޮތް ވާހަކަ ޒަރިޔަންދު ވަނީ ދަންނަވާފައެވެ.
ކެމްޕެއިނަށް މާލީ ގޮތުން އެހީތެރިވާ ކޮންމެ ފަރާތެއް ދެއްވާ އެހީ ހަރަދުވިގޮތުގެ ތަފްސީލު ހަފްތާއަކު އެއްފަހަރު އެ ފަރާތްތަކާއި ހިއްސާ ކުރެވި، ލިބޭ ފައިސާއާއި ހަރަދުގެ އޯޑިޓްކުރި ހިސާބު އާންމުކޮށް އިންތިޚާބު ނިމޭ އިރު ހަރަދުނުވެ ބާކީ ހުންނަ ފައިސާ ފަލަސްތީނު ފަންޑަށް ނުވަތަ ތެލެސީމިއާ ފަންޑު ފަދަ ފަންޑަކަށް ހަދިޔާކުރާނެކަމަށް ވެސް ޒަރިޔަންދު ވިދާޅުވިއެވެ.
ކެމްޕެއިނަށް އެހީތެރިވާން ބޭނުންފުޅުވާ އެންމެހާ ބޭފުޅުން ޒަރިޔަންދުގެ ނަމުގައި ބޭންކު އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ފައިސާ ޖަމާކޮށްދެއްވުމަށް އެދިފައިވެއެވެ.










