May 1, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

ވަކި ދުވަހެއްގެ ބަދަލުގައި އަޅުގަނޑުމެންނަށް އަންހެނުންގެ ދުވަހަކީ ހުރިހާ ދުވަހެއް: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Mar 8, 2024, 06:12 AM
މާލެ ސިޓީ

މާޗް 8 ވަނަ ދުވަހަކީ ހަމައެކަނި އަންހެނުންގެ ދުވަސް ނޫންކަމަށާއި އެމަނިކުފާނަށް ކޮންމެ ދުވަހަކީވެސް އަންހެނުންގެ ދުވަސް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ފްރޮންޓް އޮފީހުގައި ސިލްސިލާ ގޮތެއްގެ މަތިން ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ޕާޓީގެ ފަރާތަކުން ދުވަހަކުވެސް އަންހެނުންގެ ކުރިއެރުމަކަށް ހުރަހެއް ނާޅާނެކަމަށެވެ.

އަންހެނުން ކުރިއެރުމުގައި އެމަނިކުފާނު އަބަދުވެސް މަސައްކަތްކުރެއްވި ކަމަށާއި އަބަދުވެސް އެދޭނީ އަންހެނުންނަށް އެންމެ އެދެވޭ ކުރިއެރުން ލިބުންކަމަށްވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އަޅުގަނޑު އަންހެނުންގެ ދުވަހަކު މަރުހަބާ އެއް ނުދަންނަވާނަން. ނުދަންނަވާ އޮތީ އެހެން ސަބަބެއް. އަންހެނުންގެ ދުވަހެއް މި ފާހަގަކުރަނީ މާޗް 8 ވަނަ ދުވަސް. މާޗް 8 ވަނަ ދުވަސް ދިޔައީމަ ދެން އަންހެނުންގެ ދުވަސް އެދިޔައީ. އެހެންވިމާ އަނެއްކާވެސް ދަންނަވާލަން މިއުޅެނީ އަޅުގަނޑުމެންގެ ޕާޓީއަކުން ބޭނުމެއް ނޫނޭ އަންހެނުންގެ ދުވަސް ދުއްވާލާކަށް. އެހެންވީމާ އަޅުގަނޑުމެންނަށް އަންހެނުންގެ ދުވަހަކީ ހަމަ ހުރިހާ ދުވަހެއް. އެހެންވީމާ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ދެންނެވިޔަސް އެދުވަސް އެހާ ދެރަގޮތަކަށް ދާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ބައެއް ބޭފުޅުން އަންހެނުން ބާރުވެރިކުރުމުގެ ވާހަކަތައް ދައްކާ އުޅޭ އިރު އެކަން އެބޭފުޅުންގެ އަމަލުން ނުފެންނަކަމަށެވެ.

ރައީސް ޔާމީނަކީ އަބަދުވެސް އަންހެނުން ބާރުވެރި ކުރުވާ އަންހެނުންގެ ހައްގުގައި ތެދުވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved