March 13, 2026
Advertisement
ރައީސް މުއިއްޒު ހިނގަނީ ރައީސް ސޯލިހުވެސް ހިނގަމުން ދިޔަ މަގުން: ރައީސް ޔާމީން
ރައީސް މުއިއްޒު ހިނގަނީ ރައީސް ސޯލިހުވެސް ހިނގަމުން ދިޔަ މަގުން: ރައީސް ޔާމީން / ރައީސް އޮފިސް

ރައީސް މުއިއްޒު ހިނގަނީ ރައީސް ސޯލިހުވެސް ހިނގަމުން ދިޔަ މަގުން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jan 26, 2026, 03:34 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ހިނގަމުން ގެންދަވަނީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުވެސް ހިނގަމުން ދިޔަ މަގުން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި އާދިއްތަ ދުވަހުރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ މި ސަރުކާރުގައި އިދާރާތައް ޕެރެލައިޒްކޮށްފައިވާ ކަމަށް ސްޕީކާރ ފާހަގަކުރެއްވުމުން އެކަމަށް އިޝާރާތްކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒަކީ އަމިއްލައަށް ކަންކަން އުފެއްދުމުގެ ހުނަރު ހުރި ބޭފުޅެެއް ނޫން ކަމަށާ ރައީސް މުއިއްޒަށް އަމިއްލަ އުފެއްދުމެއްގެ ގޮތުގައި އީޖާދު އޮތީ ދޮގު ހެދުމުގައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ވެސް މިހާރު ކަންކުރައްވަމުން ގެންދަވަނީ ރައީސް ސޯލިހުވެސް ގެންގުޅުއްވި ހަމަތަކުގެ ތެރެއިން ކަމަށެވެ.

އެގޮތުން ވެރިކަން ކުރަން ކުރަން އެނގިވަޑައިނުގަންނަވާތީ ގާނޫނީ އިދާރާތަކުގެ ބާރުތައް ކަނޑުވާލާ އަމިއްލަ މުށުތެރެއަށް ހުރިހާ ބާރެއް ރައީސް މުއިއްޒުވެސް ލާފައިވާ ކަމަށާ އެކަންކަމަކީ ރައީސް މުހައްމަދު ނަޝީދުއާ އަދި ރައީސް އިބޫވެސް ދައްކާފައިވާ މިސާލެއް ކަމަށް ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމުގައި އެކި ކަންކަމުގައި ގިނަ މައްސަލަތައް ހުރި އިރު އެކަންކަމަށް ދާއިމީ ހައްލެއް ނުގެނެސް މި ސަރުކާރުން ދަނީ މޫނުމަތި ރީކުރަން ވަގުތީ ހައްލު ނުވަތަ ކޮސްމެޓިކު ހައްލު ގެންނަމުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved