March 13, 2026
Advertisement
ޑރ ޖަމީލު
ޑރ ޖަމީލު / ތޭރަ އޮންލައިން

ޑރ ޖަމީލުގެ ގާނޫނީ ސުވާލެއް އީސީއަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Jan 27, 2026, 12:47 AM
މާލެ ސިޓީ

ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުން އަތުގައި ނެތްކަމަކަށް މަޖްބޫރު ކުރެވޭނެތޯ އައްސަވާ ކުރިގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ގާނޫނީ ސުވާލެއް އިލެކްޝަން ކޮމިޝަނަށް އަމާޒުކުރައްވައިފިއެވެ.

Advertisement

ޕީއެންއެފުން ބާއްވަމުން ގެންދާ އެ ޕާޓީގެ ޖަލްސާތަކުގެ ތެރެއިން އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ ޖަމީލު ވަނީ ގިނަ ރައްޔިތުން އަތުގައި އީފާސް ނެތްކަން ކޮމިޝަނުން ވެސް ގަބޫލުކުރާކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އެފަދަ ހާލަތަެއްގައި ވޯޓު ލިބުމުގެ ހައްގު ލިބިގެންވާ އާބާދީގެ ބޮޑު ބައެއްގެ އަތުގައި ނެތް ކަމަކުން އިންތިހާބުގެ ކަންކަން ފުރިހަމަ ކުރަން ލާޒިމް ކުރެވިދާނެތޯ އާ އަދި އެ ގާނޫނުން އީސީއަށް ލިބިދޭ ބާރެއް ތޯވެސް ޑރ ޖަމީލު ވަނީ ސުވާލު އުފައްދަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ އެއީ ސީދާ ގާނޫނާ ޚިލާފުކަމެއް ކަމަށާ އެކަމުގައި އީސީ ގޮވައިގެން ކޯޓަށްވެސް ދެވޭނެ މަގު ރައްޔިތުންނަށް ހުޅުވިފައި އޮތް ކަމަށެވެ.

ޑރ ޖަމީލު ވިދާޅުވީ އެ ހުރިހާ ކަމަކީ ސީދާ އިންތިހާބަށް އަތް ބޭނުމަށް ސަރުކާރުން ކުރުވަމުން ގެންދާ ކަންކަން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved