March 19, 2026
Advertisement
-
- / ސަން އޮންލައިން

މުއިއްޒު ވަރުގެ ތެދުވެރި ރައީސަކު ނެތްކަމަށް ފަލާހު ބުނުމުން ގިނަ ބަޔަކު ޖޯކު ޖަހަނީ

Yana Shareef
ޔާނާ ޝަރީފް
Feb 1, 2026, 04:03 AM

ރައީސް މުއިއްޒުހާ ތެދުވެރި ރައީސަކު ނެތްކަމަށް ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވުމުން ގިނަ ބަޔަކު ޖޯކު ޖަހަން ފަށައިފިއެވެ.

Advertisement

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކުން ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕެއިން އިފްތިތާހުކުރުމަށް ހުކުރު ދުވަހުގެ ރޭ އެ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސް މުއިއްޒު ވައުދުވަނީ ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގެ ނިޔަތުގައި، އިހްލާސްތެރިކަމާއެކު ކަމަށެވެ.

ވަރަށް ގިނަ ވެރިންނާއެކު މީގެ ކުރިން މަސައްކަތް ކުރެވިފައި ހުރިކަން ފާހަގަކޮށް ފަލާހް ވިދާޅުވީ، ރައީސް މުއިއްޒު ވަރުގެ ތެދުވެރި ވެރިއަކު ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ފަލާހުގެ މި ވާހަކަތަކަށް ޖޯކު ޖަހަމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނީ ފަލާހަށް އެފަދައިން ވާހަކަ ދައްކަން މިހާރު މަޖުބޫރުކަމަށެވެ.

ފަލާހުގެ ހިއްސާ އޮންނަ ކުންފުނިތައް ބަނގުރޫޓު ވަމުން އަންނައިރު އެ ކުންފުނިތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް ރައީސް މުއިއްޒު ވަރަށް ގިނަ ކަންކަން ކޮށްދެއްވާކަމުގެ އަޑު ތަކެއްވެސް ފެތުރިފައިވެއެވެ،.

ހުޅުމާލެއިން ނުއަގުގައި ބިން ގަނެފައިވަނީ ވެސް ރައީސް މުއިއްޒުގެ އެހީތެރިކަމާއެކު ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފަލާހަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

ފަލާހުމެން ފައިސާއަށް ގޮސް ހުސްވިއިރު ވައްކަމާއި ކޮރަޕްޝަނުން ތަތްތެޅެނީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved