May 10, 2026
Advertisement
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު، ގާނޫނާ ހިލާފަށް ރާ ވިއްކަނީ؟
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު، ގާނޫނާ ހިލާފަށް ރާ ވިއްކަނީ؟ / ތޭރަ އޮންލައިން

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު، ގާނޫނާ ހިލާފަށް ރާ ވިއްކަނީ؟

May 10, 2026, 04:24 PM
މާލެ ސިޓީ

މެއި މަހުގެ 9 ވީ ހޮނިހިރު ދުވަހު ދުވަހު ހުޅުމާލެ ފަޅުތެރޭގައި އަނދާ އަޅިއަށް ވެގެން ދިޔަ "އެމްޕަރަރ އެކްސްޕްލޯރާރ"އަކީ ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުގެ ކުންފުންޏެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ސަފާރީއެކެވެ.

Advertisement

މިނިސްޓްރީ އޮފް ޓުއަރިޒަމުން މިނޫހަށް ދެއްވާފައިވާ މައުލޫމާތުތަކުން، މި ސަފާރީ ރަޖިސްޓަރީ ކޮށްފައިވަނީ، ސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ ނަމުގައިކަމާއި ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހުގެ އިތުރުން، މުހައްމަދު ޖިނާން ކިޔާ ފަރާތަކާ ފަލާހުގެ އަނބިމީހާ ރީޝާ ހަލީމްކަން މިނޫހަށްވަނީ ކަށަވަރުކުރެވިފައެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މައުލޫމާތު ސާފުކުރުމުން، މެންބަރު ފަލާހުގެ ކުންފުންޏަށް ރާ ވިއްކުމުގެ ހުއްދަ 14 ފެބުރުއަރީ 2019 ގައި ދީފައިވާއިރު، ރާވިއްކުމުގެ ހުއްދަ 14 އޮގަސްޓް 2019 އަށް ހަމަވެފައިވާކަން އެނގެއެވެ. ރާ ވިއްކުމުގެ ހުއްދައިގެ ނަންބަރަކީ، LL00612019 އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިންއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މެންބަރު ފަލާހުގެ ސަފާރީ އޮޕަރޭޓްކުރަމުންދަނީ، އިކޯ ޑައިވާރސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންނަކުން ކަމާއި، އޮޕަރޭޓަރ ކުންފުނީގައި ތިބި ޝެއާރ ހޯލްޑަރުންގެ ތެރޭގައި، މެމްބަރު ފަލާހުގެ ކުންފުނީގައި ތިބި ޝެއާރ ހޯލްޑަރުން ހިމެނޭކަން މިނޫހަށް ވަނީ ކަށަވަރުކުރެވިފައެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިނޫހަށް މައުލޫމާތު ދެއްވަމުން ވަނީ "މެމްބަރު ފަލާހުގެ ކުންފުންޏަށް، 14 ފެބުރުއަރީ 2019 އިން ފެށިގެން 14 އޮގަސްޓް 2019 އަށް ރާވިއްކުމުގެ ހުއްދަ ދީފައިވާއިރު މެންބަރު ފަލާހުގެ ކުންފުނީގެ ބިޒްނަސް އެކްޓިވިޓީސްގެ ގޮތުގައި އެމުއްދަތުގައި އެއްވެސް ވިޔަފާރިއެއް ނުހިންގާފައިވާކަން މިނިސްޓްރީގެ ރިކޯޑްތަކުން އެނގޭކަށް ނެތް. ސަފާރީ އޮޕަރޭޓްކުރަމުންދާ ފަރާތަށް ރާވިއްކުމުގެ ހުއްދަ، އެއީ LL00532019 ނަންބަރު ހުއްދަ 10 ފެބުރުއަރީ 2019 އިން ފެށިގެން 10 އޮގަސްޓް 2019 އަށްވަނީ ދީފައި. ހަމަ އެމުއްދަތުގައި ރާވިއްކުމުގެ ހުއްދަ މެމްބަރު ފަލާހުގެ ކުންފުންޏަށްވެސް ދީފައިވާތީ، މިއީ ވަރަށް ސުވާލު އުފެދޭކަމެއް" ކަމަށް ވިދާޅުވެފައެވެ.

އެ މުއްދަތުގެ ތެރޭގައި 02 ހުއްދައެއް ހޯދައިގެން މެމްބަރު ފަލާހު ކޮށްފައިވަނީ ކޮންކަމެއްތޯ، އެއީ ކޮން ބޭނުމެއްގައި ހޯދާފައިވާ ހުއްދައެއްތޯ، މިނޫހުން ސުވާލުކުރުމުން، "އެމުއްދަތުގައި މެމްބަރު ފަލާހު ރާ ވިއްކުމުގެ ހުއްދަ ހޯދައިގެން ކޮށްފައިވަނީ، ކޮން ކަމެއްކަން އެނގޭނީ، މައްސަލަ ތަހުގީގުކޮށްގެން ދެއްތޯ؟ މިއީ މިހިނދަށް ދެވެންހުރި މައުލޫމާތު." މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އޮފިޝަލް ވިދާޅުވިއެވެ.

ޕީއެންސީއަށް ނިސްބަތްވާ އެކި އެކި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އާންމުން އަޑުއުފުލަމުންދާއިރު، މިސަފާރީ އަންދާލާފައިވަނީ ގަސްދުގައި ކަމަށާއި، މިއީ އިންޝުއަރެންސް ސްކޭމެއް ކަމަށް ބުނެ، އާންމުންގެ ފާޑުކިޔުން ސޯޝަލް މީޑިއާގައި ދަނީ ހިއްސާކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved