May 13, 2026
Advertisement
ފަލާހު އަންގައިގެން ޕީއެންސީ މެމްބަރުން މަޖިލިސް ތަޅުން ދޫކޮށް ދިޔަ ކަމުގެ ތުހުމަތު
ފަލާހު އަންގައިގެން ޕީއެންސީ މެމްބަރުން މަޖިލިސް ތަޅުން ދޫކޮށް ދިޔަ ކަމުގެ ތުހުމަތު / ސޯޝަލް މީޑިއާ

ފަލާހު އަންގައިގެން ޕީއެންސީ މެމްބަރުން މަޖިލިސް ތަޅުން ދޫކޮށް ދިޔަ ކަމުގެ ތުހުމަތު!

May 13, 2026, 12:19 PM
މާލެ ސިޓީ

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުގެ އެންގުމަކަށް، އެޕާޓިގެ މެމްބަރުން ތަޅުން ދޫކޮށް ދިޔަކަމަށް ތުހުމަތުކޮށްފިއެވެ.

Advertisement

އެމްޑީޕީގެ މަޖިލިސް މެމްބަރަކު ކުރައްވާފައިވާ ވީޑިއޯއެއްގައި ވަނީ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ކޯރަމް ހަމަ ނުވެގެން ގަޑިއަށް ނުފެށުމުން 10 ޖަހާއިރަށް ޖަލްސާ ފަސްކޮށް 10 ޖެހުމުން ޖަލްސާ ފަށަން ޕީއެންސި މެމްބަރުންވެސް ހިމެނޭހެން މަޖިލިސް މެމްބަރުން ތަޅުމަށް ހާޒިރުވިތަނާ ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުގެ އެންގުމަށް ޕީއެންސީގެ މެމްބަރުން ތަޅުން ދޫކޮށް ދިޔަކަމަށް ބުނެފައެވެ.

އެހެން އެކަން ކުރީ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއާ ޖައްސާލައިގެން ކަމަށް ވެސް ބުނެފައިވެއެވެ.

ޕީއެންސީ މެމްބަރުން މިގަދައިން ކަންކުރި ކަމަށް ބުނެފައިވާއިރު، ބުދަ ދުވަހުވެ ހެނދުނުގެ ވަގުތެއްގައި ނާޒިމް، ޕީއެންސީގެ ރަސްމީ ވަޓްސް އަޕް ގްރޫޕުން ބޭރުކޮށްލާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެހެން ކަމުން ޕީއެންސީ ތެރޭގައި ރެނދެއް ލައިފިކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved