May 10, 2026
Advertisement
މެމްބަރު ފަލާހުގެ ސަފާރީއެއްގައި ރޯވެ އަނދަނީ!
މެމްބަރު ފަލާހުގެ ސަފާރީއެއްގައި ރޯވެ އަނދަނީ! / ސޯޝަލް މީޑިއާ

މެމްބަރު ފަލާހުގެ ސަފާރީއެއްގައި ރޯވެ އަނދަނީ!

May 9, 2026, 05:31 PM
މާލެ ސިޓީ

ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަނދަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

Advertisement

އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި، ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް "އެމްޕެރަރ އެކްސްޕްލޯރަރ" ސަފާރީގައި އަލިފާން ރޯވެ އަނދަމުްނދާތީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި އެ އުޅަނދުގައި ވަރަށް ބޮޑަށް ރޯވެ، ބޯ ދުންތައް މުޅި ސަރަހައްދަށް ފެތުރިފައިވާ މަންޒަރު ދުރު ހިސާބުތަކަށްވެސް ދަނީ ފެންނަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައި ނުވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. އުޅަނދުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

ހާދިސާގައި ދުމުގެ އަސަރުކުރުމާ ގުޅިގެން، ސަފާރީގެ ދެ ފަޅުވެރިއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހުގެ ސަފާރީއެކެވެ. ފަލާހު ވަނީ މި ސަރުކާރު އައިފަހުން ގިނަ ސަފާރީތަކެއް ބަނދެފައިކަމަށް އަޑު ފެތުރިފައިވެސް ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved