ﷲ ސުބުހާނަހޫ ވަތައާލާއަކި އެންމެ މޮޅަށް ކަންކަން ތަދުބީރުކުރައްވާ ވެރި އިލާހުކަމަށާ މިއަދު އެކަލާނގެ ކުޅަދުންވަންތަ ކަމުން ފެނިގެން ދަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ފެއިލްވެ ނިމެމުންދާ މަންޒަރު ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ ޖަމީލު ވަނީ، މި ސަރުކާރުން ކުރިއަށް އޮތް އިންތިހާބުގައިވެސް ސަރުކާރަށް ވޯޓު ދޭން ގޮވާލަމުން ކެމްޕެއިން ކުރަމުންދާއިރު އެކި ކަންކަމަށް މި ސަރުކާރުން ވައުދުވިކަން ހަނދާނަށް ގެންނަވާފައެވެ.
އެގޮތުން އިގްތިސޯދު ނަގާ ކޮޅަށް ޖަހަން ޑިވެލޮޕްމަންޓު ބޭންކުގެ ނަމުގައި ބޭންކެއް ގާއިމުކޮށް ހުޅުވަން ވީ ވައުދު އޮތީ އޮތްތާ ކަންވެސް ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، މުނާފިގުންގެ ޢަލާމާތުގެ ތެރޭގައި ވާހަކައެއް ދެއްކިއްޔާ ދޮގު ހެދުމާ ވަޢުދެއް ވެއްޖިއްޔާ ޚިލާފުވުން ހިމެނޭ ކަމަށެވެ.
އެހެންކަމުން ޑިވެލޮޕްމަންޓު ބޭންކުގެ ވައުދުވެސް ނުފުއްދަވާ ރައީސް މުއިއްޒު ވައުދާ ޚިލާފުވެފައިވާކަން ފާހަގަކުރައްވާ ޑރ. ޖަމީލު ވިދާޅުވީ، ﷲގެ ތަދުބީރުކުރެއްވުން ނުހަނު މޮޅު ކަމަށާ ރައީސް މުއިއްޒު ފެއިލްވެ ނިމިއްޖެ ކަމަށެވެ.
މުނާފިގުންގެ ޢަލާމާތުގެ ތެރޭގައި إذا حدث كذب، وإذا وعد اخلف وإذا اؤتمن خان ވާހަކައެއް ދެއްކިއްޔާ ދޮގުހެނދުމާ ވަޢުދެއް ވެއްޖިއްޔާ ޚިލާފުވުން ހިމެނޭ. @MMuizzu ވޯޓް ދޭން ވިދާޅުވާ ތަރަައްގީގެ ތެރޭ މި ޑިވެލޮޕްމަންޓް ބޭންކް ހިމެނޭ.
— Mohamed Jameel Ahmed (@MJameelAhmed) January 29, 2026
الله ގެ ތަދުބީރުކުރެއްވުން މޮޅު. ފެއިލްވެ ނިމިއްޖެ! pic.twitter.com/plTvwYsx7e
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ބެލެވޭ ގޮތުގައި ޑރ މުއިއްޒު ވެރިކަން ހޯދީ މަކަރާ ހީލަތުން ކަމަށާ އަދި ވެރިކަން ހޯދައިގެންވެސް ރައްޔިތުންނަށް މަކަރާ އޮޅުވާލުންތައް އޮޅުވާލަމުންދާތީ އެކަންކަން ރައްޔިތުން ފާހަގަކުރަމުންދާތީއެވެ.