March 20, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެޕްސްޓީންއާއި ގުޅިގެން ރައީސް ވަހީދު ޕްރައިވެޓް އައިލެންޑެއް ތަރައްޤީ ކުރަން އުޅުނުކަން ފަޅާއަރައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 1, 2026, 08:32 PM
މާލެ ސިޓީ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީންއާ ގުޅިގެން، ދުނިޔޭގެ ނުފޫޒުގަދަ މީހުންނަށް ޚާއްސަ ޕްރައިވެޓް އައިލެންޑެއް ރާއްޖޭގައި ތަރައްގީކުރުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަސައްކަތް ކުރެއްވިކަން ފަޅާއަރައިފިއެވެ.

Advertisement

މި މައުލޫމާތުތައް ހާމަވެފައިވަނީ އެމެރިކާގެ ސެނެޓުން ފާސްކޮށް، މި ހަފުތާ ބަންދުގައި އާންމުކުރި "އެޕްސްޓީން ފައިލްސް" ގެ ތެރޭގައި ހިމެނޭ އެތައް މިލިއަން ލިޔެކިޔުންތަކަކުންނެވެ.

ވެރިކަމަށްފަހު، 2014 ވަނަ އަހަރު ފޮނުވި މެއިލް އެއްގައި ވަހީދު ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަން ހުށަހެޅީ ރ. ފުއްގިރި އެވެ.

އާންމުކޮށްފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އެޕްސްޓީންގެ ނުފޫޒުގަދަ ކްލައިންޓުންނަށް ރާއްޖޭގެ ރަށެއްގައި ހުރިހާ ވަސީލަތްތަކެއް ހިމެނޭހެން ސިއްރު މުނިފޫހިފިލުވުމުގެ މަރުކަޒެއް ގާއިމުކުރުމަށް ރައީސް ވަހީދުގެ ދައުރުގައި މަޝްވަރާތަކެއް ކުރެވިފައިވެއެވެ. މި މަޝްރޫއަކީ އެޕްސްޓީންގެ "ލިޓްލް ސެއިންޓް ޖޭމްސް" އައިލެންޑް ފަދަ، ބޭރު ދުނިޔެއަށް ސިއްރުން ނުފޫޒުގަދަ މީހުންނަށް ޖިންސީ އުފާ ހޯދައިދިނުމަށް ފަރުމާކުރަން އުޅުނު ތަނެއް ކަމަށް ތުހުމަތު ކުރެވެއެވެ.

މި ފައިލްތަކުގައިވާ ގޮތުން، ރާއްޖޭގެ އޭރުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި އެޕްސްޓީންގެ މަންދޫބުންނާ ދެމެދު ބަދަލުކުރެވުނު އީމެއިލްތަކާއި، ރަށްތައް ކުއްޔަށް ދޫކުރުމާ ގުޅޭ އިދާރީ ލިޔެކިޔުންތައް ވެސް ވަނީ ފެންމަތިވެފައެވެ. މިކަމުގެ ބަދަލެއްގެ ގޮތުން ރައީސް ވަހީދަށް މާލީ ބޮޑެތި މަންފާތަކެއް ހުށަހަޅާފައިވާކަމަށް ވެސް އެ ލިޔުންތަކުން އިޝާރާތް ކުރެއެވެ.

ޖެފްރީ އެޕްސްޓީންއަކީ ކުޑަކުދިން ޓްރެފިކް ކުރުމާއި ޖިންސީ އަޅުންގެ ގޮތުގައި ބޭނުންކުރުމުގެ ބޮޑު ވިއުގައެއް ހިންގަމުން ދަނިކޮށް، 2019 ވަނަ އަހަރު ޖަލުގައި ހުއްޓާ މަރުވި މީހެކެވެ. އޭނާގެ މި "ފައިލްސް" އާންމުވުމާއެކު ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ކުރީގެ ރައީސުންނާއި، ޝާހީ އާއިލާތަކުގެ މެންބަރުންނާއި، މަހުޖަނުންގެ ނަންތައް ވަނީ ހާމަވެފައެވެ.

މި މައްސަލައާ ގުޅިގެން ރައީސް ވަހީދުގެ ފަރާތްޕުޅުން އަދި އެއްވެސް ރަސްމީ ބަހެއް ލިބިފައި ނުވާއިރު، ރާއްޖޭގެ ގިނަ ބަޔަކު ދަނީ މިކަން ދައުލަތުގެ އިދާރާތަކުން ތަހުގީގު ކުރުމަށް ގޮވާލަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައު
Shahee
Feb 3, 2026, 08:34 AM
މިމައްސަލަ ވަރަށް ރަގަޅަށް ތަހުގީގުކުރަންޖެހޭއެބަ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved