theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކުރީގެ ރައީސް ވަހީދު އަދި ޖީއެމއާރުގެ ޗެއަރމަން ޖީއެމް ރާއޯ / ސޯޝަލް މީޑިއާ
ސިޔާސީ
ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަން ރައީސް ވަހީދު ބޭނުންފުޅެއް ނުވި: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
20 ޖުލައި 2025
މާލެ ސިޓީ

އިންޑިއާގެ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަން ރައީސް ޑރ މުހައްމަދު ވަހީދު ބޭނުންފުޅެއް ނުވި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުންނެވެ. އެމަނިކުފާނު ވަނީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލީ ތިމަން މަނިކުފާނޭ ރައީސް ވަހީދު ވިދާޅުވާ ވިދާޅުވުން ދޮގުކުރައްވާ ކަން ހިނގާ ދިޔަ ގޮތް ސާފުކޮށްދެއްވާފައެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު ޖީއެމްއާރަށް ދިވެހިންގެ އެއާޕޯޓު ނުއަގުގައި ވިއްކާލާފައި އޮތުމުން އެކަމާ ދެކޮޅަށް ތެދުވެ އެކަން ނިމުމަކަށް ގެންނަން އެންމެ ފުރަތަމވެސް ސްޓޭންޑް ނެގީ އޭރުގެ ޕީޕީއެމްއިން ކަމަށެވެ. އަދި ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެން މަޝްވަރާއަށް ދައުވަތު ދެއްވުމުން ވަޑައިގެންެނެވި ބޭފުޅުންގެ ތެރެއިން ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަން ފުރިހަމަ ތާއީދު ކުރެއްވީ ރައީސް ޔާމީން އާ ގައުމީ ޕަޓީގެ ފަރާތުން ހަސަން ސައީދު އެކަނި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ޚުދު ރައީސް ވަހީދުވެސް އެ އެއްބަސްވުން ބާތިލުކުރަން ނިންމަވާފައި ނުވާ ކަމަށާ ރައީސް ވަހީދު ނިންމަވާފައި އޮތީ، ޖީއެމްއާރު އެގްރިމަންޓު ވޯކިން އެގްރިމަންޓެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ. އަދި އެ އެގްރިމަންޓުގައި ހުރި ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން އުނިކުރުމަށް ނިންމަފައި އޮތް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް އެކަމަށް އެއްބަސްވެ ވަޑައިގެން ނުގެން މަޝްވަރާ އިން ވޯކު އައުޓު ކުރެއްވީ ވެސް ޚުދު އެމަނިކުފާނު އެކަނި ކަމަށްވެސް ރައީސް ޔާމީން ސާފުކޮށްދެއްވިއެވެ.

ރައީސް ޔާމީން ވަނީ 2023ގެ ރިޔާސީ އިންތިހާބުގެ ޕީޕީއެްމގެ ރިޔާސީ ޓިކެޓު ރައީސް ވަހީދަށް ދެއްވަން ކުރިން ނިންމަވާ އޮތް ކަމަށް ވިދާޅުވި ވިދާޅުވުން ވެސް ދޮގުކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ޓިކެޓު ރައީސް ވަހީދަށް ދެއްވާނަމޭ ދުވަހަކުވެސް ވިދާޅުވެފައި ނުވާނެ ކަމަށެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved