March 24, 2026
Advertisement
.
. / ރައީސް އޮފިސް

އެޕްސްޓީންއާ ގުޅުން ބޭއްވި ވަހީދު ރައީސްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާދެއްވައިފި

Yana Shareef
ޔާނާ ޝަރީފް
Feb 3, 2026, 09:00 PM

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އަދި އެ ކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކުރި އެމެރިކާގެ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުންތަކެއް ބޭއްވި ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު، ރައީސް މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

Advertisement

ރައީސް އޮފީހުން ބުނީ ވަހީދުގެ އިސްތިއުފާ ސިޓީ ހެނދުނު ރައީސަށް ފޮނުއްވާފައިވާކަމަށެވެ.

ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއިގެ މަގާމުން ވަހީދު މި އިސްތިއުފާ ދެއްވީ ނައިބު ރައީސްކަމުގައި ހުންނެވި ދުވަސްވަރާއި ރައީސްކަމުގައި ހުންނެވި ދުވަސްވަރު ވެސް އަދި ވެރިކަން ނިިމުނު ފަހުން ވެސް ރާއްޖޭގެ ވަރަށް ތަފްސީލު އަދި ހައްސާސް މައުލޫމާތުތައް ވެސް އެޕްސްޓެއިންއާ ހިއްސާ ކުރައްވައި ވަރަށް ގާތް ގުޅުމެއް ބޭއްވި މައްސަލަ ފަޅާއެރުމުން އިސްތިއުފާ ދެއްވަން ގޮވަމުން ދަނިކޮށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ވަހީދު އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރުމުގެ ބަދަލުގައި އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ރައީސް އޮފީހުން އެދުމުންނެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ރައީސް އޮފީހުން އަދި ހާމަކޮށްފައި ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved