March 21, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ބަލޫޗިސްތާނުގައި ހިނގި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 145 އަށް

Yana Shareef
ޔާނާ ޝަރީފް
Feb 1, 2026, 11:08 PM

ބަލޫޗިސްތާނުގައި ހިނގި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 145 އަށް އަރާފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.

Advertisement

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން 145 ހަނގުރާމަވެރިން މަރާލާފައިވަނީ މުޅި ބަލޫޗިސްތާނުގައި ކޯޑިނޭޓްކޮށް ހަމަލާތަކެއް ދިންތާ 40 ގަޑިއިރު ފަހުންނެވެ. ހުޅަނގު ދެކުނު ޕްރޮވިންސްގެ ޗީފް މިނިސްޓަރު މިކަން ވަނީ ކަށަވަރުކޮށްދީފައެވެ.

މީގެ ކުރިން އޮފިޝަލުން ވަނީ މި ހަމަލާގައި 67 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ބުނެފައެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އޮފިޝަލުން މީޑިއާތަކަށް ބުނީ ހަނގުރާމަވެރިންގެ ހަމަލާތަކުގައި ފުލުހުންނާއި ސެކިއުރިޓީގެ 10 މީހުންނާއި އާންމުންގެ 11 މީހުން ވެސް މަރުވެފައިވާ ކަމަށެވެ. އަދި 24 ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މޮހްސިން ނަގްވީ ނެރުއްވި ބަޔާނެއްގައި ވަނީ އެ ހަމަލާތައް ކުށްވެރިކޮށް، ސަލާމަތީ ބާރުތަކުން އެ ހަމަލާތަކުން ކާމިޔާބު ހޯދާފައިވާ ކަމަށް ވިދާޅުވެ، އެކަމަށް ތައުރީފުކުރައްވައި، ހަނގުރާމަވެރިންގެ ތެރެއިން ބައެއް ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ ހަމަލާތައް ދީފައިވަނީ އީރާނާއި އަފްޣާނިސްތާނާ އިންވެގެން އޮންނަ ބަލޫޗިސްތާނުގައި 41 ހަނގުރާމަވެރިން މަރާލި ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނިތާ އެއް ދުވަސް ފަހުންނެވެ.

ބޭން ކޮށްފައިވާ ވަކިވެގެންވާ ޖަމާއަތް ބަލޫޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އިން މިއަދުގެ ހަމަލާތަކުގެ ޒިންމާ ވަނީ ނަގާފައެވެ. ބީއެލްއޭ އިން ބުނީ ޕާކިސްތާނުގެ ސަލާމަތީ 84 މީހަކު މަރާލާފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved