theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ހައި ކޯޓް / ހައި ކޯޓް
ހަބަރު
ހައިކޯޓުން ކަންކުރީ ގާނޫނާ ޚިލާފަށް: މަލީހު
Mariyam Isaadha
މަރިޔަމް އިސާދާ
02 ފެބްރުއަރީ 2026
މާލެ ސިޓީ

ކައުންސިލްތަކުގެ އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ވާދަކުރަން އީފާސް މެދުވެރިކޮށް ހުށަހަޅަން އިލެކްޝަން ކޮމިޝަނުން އެންގި އެންގުމާ ދެކޮޅަށް ޕީއެންއެފުން ހުށަހެޅި މައްސަލައާ މެދު ގޮތެއް ނުނިންމާ މުއްދަތު ފަހަނަ އެޅުވީ ގާނޫނާ ޚިލާފަށް ކަމަށް ޕީއެންއެފްގެ ސެރެޓަރީ ޖެނަރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިފަދައިން ވިދާޅުވީ އެކަމާ ގުޅިގެން ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ޕްރެޒެންޓަރ އަމާޒުކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މަލީހު ވިދާޅުވީ، ކައުންސިލްތަކުގެ އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ވާދަކުރަން އީފާސް މެދުވެރިކޮށް ހުށަހަޅަން އިލެކްޝަން ކޮމިޝަނުން އެންގި އެންގުމާ ދެކޮޅަށް ޕީއެންއެފުން ހުށަހެޅީ އިންތިހާބަކާ ގުޅުން ހުރި ދުސްތޫރީ މައްސަލައެއް ކަމަށާ އެއީ އެތައް ބައެއްގެ މަސްލަހަތާ ގުޅުން އޮތް ބޮޑު މައްސަލައެއް ކަމަށެވެ.

ނަމަވެސް ކަމުގެ މުއާލާތް ކެނޑިގެން ދިޔައިރުވެސް ކޯޓުން އެންމެ ކުޑަ މިނުން މައްސަލަ ބަލައިގަތް ނުވަތަ ބަލައިނުގަންނަ ކަމެއްވެސް އަންގާފައި ނުވާ ކަމަށާ އެއީ ގާނޫނާ ޚިލާފަށް އެ ކޯޓުން އަމަލުކުރި ކުރުުމެއް ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

މަލީހު އިތުރަށް ވިދާޅުވީ ހައިކޯޓުގެ ޒިންމާދާރުކަން ކުޑަ އެ އަމަލުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލާ ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ.

މަލީހު ވިދާޅުވީ، ހައިކޯޓުން އެ މައްސަލަ ބަލަނުގަންނަން ނިންމައިފި ނަމަ ދަށު ކޯޓަށް މައްސަލަ ވައްދާނެ ކަމަށާ އިންތިހާބުގެ ވަގުތު އިތުރުކުރަން ޖެހޭ ކަމަށެވެ. މަލީހު ވަނީ ސިޔާސީ ޕާޓީތަކަށް އިންސާފު ހޮދައިދިނުމަށްވެސް މިނިވަން އިންސާފުވެރި އިންތިހާބަކަށް އިސީއިން ޖާގަ ހޯދައިދޭން ޖެހޭނެ ކަމަށެވެ.

ޕީއެންއެފްގެ ފަރާތުން އީސީއާ ދެކޮޅަށް މައްސަލައެއް ހުށަހެޅީ އީފާސް މެދުވެރިކޮށް އެކަނި އެޕްލިކޭޝަން ބަލައިގަތުމަށް ނިންމި ނިންމުމަކީ ގާނޫނުން ލިބިފައި ނެތް ބާރެއް އުފަން ކުރުވައިގެން އީސިއިން ކުރިކަމެއް ކަމަށާ އެއީ ގަޥާއިދާ ޚިލާފުކަމެއް ކަމަށް ވާތީ ކަމަށް އެ ޕާޓީއިން ކުރިން ބުނެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved