May 5, 2026
Advertisement
އީސީއިން ނެރުނު ބަޔާނުން ޕާޓީގެ ނަން ކިލަނބުވޭ، ފިޔަވަޅު އަޅަން އެދޭނަން: ޕީއެންއެފް
އީސީއިން ނެރުނު ބަޔާނުން ޕާޓީގެ ނަން ކިލަނބުވޭ، ފިޔަވަޅު އަޅަން އެދޭނަން: ޕީއެންއެފް / ތޭރަ އޮންލައިން

ބަޔާނުން ޕާޓީގެ ނަން ކިލަނބުވޭ، އީސީއަށް ފިޔަވަޅު އަޅަން އެދޭނަން: ޕީއެންއެފް

May 5, 2026, 08:12 PM
މާލެ ސިޓީ

އިލެކްޝަން ކޮމިޝަން (އީސީ)އިން ނެރުނު ބަޔާނުން ޕާޓީގެ ނަން ކިލަނބުވާ ކަމަށާ، އެކަމާ ގުޅިގެން އީސީއަށް ފިޔަވަޅު އަޅަން އެދޭނެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އިން ހާމަކޮށްފިއެވެ.

Advertisement

ޕީއެންއެފުން މިފަދައިން ހާމަކޮށްފައިވަނީ،  'އަދަދު' ނޫހުން މިދިޔަ މަހުގެ ފަހުކޮޅު ގެނެސްދިން ޑޮކިއުމަންޓަރީއެއްގައި ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކުރި ފަހުން ޕީއެންއެފްގެ ނަމުގައި މުޒާހަރާތަކެއް ކުރަމުންދާއިރު، މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ސޯފާއެއް ނެރެ ބަހައްޓައިގެން އެ މަންޒަރުތައް ލައިވްކޮށް ދައްކަމުންދަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެ ޕާޓީއިން އެކަންކަން ތަކުރާރުކުރާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އީސީއިން ދީފައިވަނިކޮށް އީސީއަށް ޕީއެންއެފުން ފޮނުވި ސިޓީއެއްގައެވެ.

އެ ސިޓީގައި ވަނީ، އީސީގެ ބަޔާން ކުށްވެރިކޮށް،  އީސީއިން ތުހުމަތުކުރާ ގޮތަށް، ސިލްސިލާކޮށް މި ދުވަސްވަރު އެއްވެސް ސިޔާސީ ހަރަކާތެއް އެ ޕާޓީއިން ކުރިއަށް ނުގެންދާ ކަމަށް ބުނެފައެވެ. މީގެ އިތުރުން، ސިޔާސީ ޕާޓީއަކުން މުޒާހަރާކުރަން ޖެހޭ ހާލަތެއްގައިވެސް އީސީން ނަގަންޖެހޭ ހުއްދައެއް އޮންނާނެ ކަމަށް އެ ޕާޓީން ގަބޫލުނުކުރާ ކަމަށް ބަޔާނުގައި ވެއެވެ. ހަމައެހެންމެ، މާލެ ސިޓީގެ އެއްވެސް އާންމު ބިމެއްގެ މައްޗަށް އީސީގެ މެންޑޭޓެއް ނުވަތަ ބާރެއް އޮތް ކަމަށް ޕީއެންއެފުން ގަބޫލުނުކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އީސީއިން އެ ބަޔާން ނެރުނީ ޕާޓީގެ ނަން ކިލަނބުވާ ގޮތަށް، ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފަށް ކަމަށާއި އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ބުނެ ޕީއެންއެފުން ވަނީ، މިފަދަ ކަންކަން ތަކުރާރުކުރައްވާ ނަމަ، ގާނޫނީ ފިޔަވަޅު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ހިންގުމަށް އެ ޕާޓީއިން އެދޭނެކަމަށް ޕީއެންއެފްގެ ސިޓީގައި ބަޔާންކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved