May 12, 2026
Advertisement
ޚިޔާލީ ވިސްނުމުގެ މައްޗަށް ބިނާކޮށް ޕާޓީ ޖޫރިމަނާ ކުރީ ސަރުކާރުގެ ނުފޫޒުން: ޕީއެންއެފް
ޚިޔާލީ ވިސްނުމުގެ މައްޗަށް ބިނާކޮށް ޕާޓީ ޖޫރިމަނާ ކުރީ ސަރުކާރުގެ ނުފޫޒުން: ޕީއެންއެފް / ތޭރަ އޮންލައިން

ޚިޔާލީ ވިސްނުމުގެ މައްޗަށް ބިނާކޮށް ޕާޓީ ޖޫރިމަނާ ކުރީ ސަރުކާރުގެ ނުފޫޒުން: ޕީއެންއެފް

May 12, 2026, 02:50 PM
މާލެ ސިޓީ

ޚިޔާލީ ވިސްނުމުގެ މައްޗަށް ބިނާކޮށް އިލެކްޝަން ކޮމިޝަނުނުް އެ ޕާޓީ ޖޫރިމަނާ ކުރީ ސަރުކާރުގެ ނުފޫޒުން ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބުނެފިއެވެ.

Advertisement

އިލެކްޝަން ކޮމިޝަނުން އެ ޕާޓީ 1 ލައްކަ ރުފިޔާ އިން ޖޫރިމަނާކުރިކަން އަންގާ ފޮނުވި ސިޓީގެ ޖަވާބުގައި ޕީއެންއެފުން އީސީއަށް ވަނީ ސިޓީއެއް ފޮނުވާފައެވެ.

ހޯމަ ދުވަހު ފޮނުވި އެ ސިޓީގައި ޕީއެންއެފުން ބުނެފައިވަނީ، އެ ޕާޓީ އީސީއިން ޖޫރިމަނާކޮށްފައިވަނީ، މެއި މަހުގެ 5 ވަނަ ދުވަހު އެ ޕާޓީއިން އީސީއަށް ފޮނުވި ސިޓީއަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ. އަދި ޕާޓީ ޖޫރިމަނާކުރީ، ޚިޔާލީ ވިސްނުންތަކެއްގެ މައްޗަށް ބިނާ ޕާޓީއާ ގުޅުމެއް ނެތް ކަމެއްގެ މައްޗަށް ކަމަށެވެ. 

ހަމައެހެންމެ ޕާޓީއާ ގުޅޭ އެއްވެސް އަސްލެއް ނެތް ކަމެއްގެ މައްޗަށް ޕާޓީ ޖޫރިމަނާ ކުރި ކުރުން ދެކޮޅު ނުޖެހޭ ކަމެއްގެ ގޮތުގައި ސިފަކޮށް ޕީއެންއެފުން ވަނީ، އެއީ މިނިވަން މުވައްސަސާއަކުން އަމަލުކުރަން ޖެހޭ މިންގަނޑުގެ ބޭރުން، ސަރުކާރުގެ ނުފޫޒުގެ މައްޗަށް ބިނާކޮށް އީސީއިން ހިންގި ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައިވެސް ސިފަކޮށްފައެވެ.

އެ ޕާޓީއިން ހިންގާ ހަމައެކަނި ސިޔާސީ ހަރަކާތަކީ އެ ޕާޓީގެ ޓައުން ހޯލު ޖަލްސާތައް ކަން ކުރިންވެސް އީސީއަށް އަންގާފައިވާނެ ކަމާ، އެ ޖަލްސާތައް މެދުކެނޑުމަކަށް ފަހު މެއި މަހުގެ 10 ވަނަ ދުވަހުގެރޭ އަލުން ފަށަފައިވާއިރު، އެ ޖަލްސާގެ ސަބަބުން ޖޫރިމަނާވާނަމަ އެ ޕާޓީއިން ކުރި ކުށެއް އަންގާ ދިނުމަށް ވެސް ޕީއެންއެފުން ވަނީ އީސީގައި އެދިފައެވެ. އަދި އެ ޕާޓީއިން ހިންގާ ހަމައެކަނި ސިޔާސީ ހަރަކާތަކީ އެ ޖަލްސާތައް ކަން ތަކުރާރުކޮށް ޕީއެންއެފުން ފާހަގަކޮށްފައިވެއެވެ.

އީސީއިން ޕީއެންއެފް 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރީ، އެ ޕަޓީއިން މަގުމަތީގައި މުޒާހަރާތައް ކުރިއަށް ގެންދަނީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved