March 23, 2026
Advertisement
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު / ޤައުމީ ކެނޑިޑޭޓްގެ އޮފީސް

ޕެންޝަން ރިޒާވް ބޭނުން ކުރަނީ ނަމަ މަނިޓަރީ މިނިވަންކަމަށް އިންފްލޭޝަނަރީ ރިސްކްތައް ބޮޑުވާނެ: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 4, 2026, 02:49 AM
މާލެ ސިޓީ

ޕެންޝަން ރިޒާވް ސަރުކާރުން ބޭނުން ކުރަނީ ނަމަ މަނިޓަރީ މިނިވަންކަމަށް އިންފްލޭޝަނަރީ ރިސްކްތައް ބޮޑުވާނެ ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ގައުމީ މިނިވަން ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބޯޑުގެ ހުއްދަގެ ދަށުން ސަރުކާރުގެ ސެކިއުރިޓީޒް ގަތުމަށް މިހާރު ހުރި ޕެންޝަން ރިޒާވް ބޭނުންކުރި ނަމަ، އެއީ 2023 ވަނަ އަހަރުގެ ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސްގެ ޕްރޫޑެންސް އެންޑް ލިކުއިޑިޓީ މެންޑޭޓްތަކާ އެއްގޮތްވާ ކަމެއް ކަމަށެވެ.

ނަމަވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަލަށް އުފެއްދި ލިކުއިޑިޓީ އިންޖެކްޓްކޮށްފިނަމަ ނުވަތަ ފިސްކަލް ފައިނޭންސިން އަށް މަގުފަހިކޮށްދީފިނަމަ އެއީ ދަރަނި މޮނެޓައިޒޭޝަން ކަމުގައި ވެގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން މަނިޓަރީ މިނިވަންކަމަށް އިންފްލޭޝަނަރީ ރިސްކްތައް ބޮޑުވާނެ ކަމަށް ވެސް ޒަރިޔަންދު ވަނީ ފާހަގަކުރައްވާފައެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވަނީ، 2.4 ބިލިއަން ރުފިޔާގެ ބޮންޑަށް މަރުކަޒީ ބޭންކް، (އެމްއެމްއޭ) މެދުވެރިކޮށް ފައިސާ ހޯދުމަށް ސަރުކާރުން ނިންމާ ޕެންޝަން އޮފީސް ބޯޑުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved