theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން
ހަބަރު
ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ. ގައުމުގެ ދެކެ ލޯބިވާ ހުރިހާ އެންމެނަށް ދައުވަތު!
Mariyam Isaadha
މަރިޔަމް އިސާދާ
05 ފެބްރުއަރީ 2026
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ވަރަށް ޚާއްސަ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

ޖަލްސާ އޮންނާނީ މިރޭ 8:45ގައި ހ. ދޫވެހި، ފުރަތަމަ ފަންގިފިލާގައި ހުންނަ ޕީއެންއެފްގެ އޮފީހުގައި ކަމަށް އެ ޕާޓީއިން މައުލޫމާތުދެއެވެ.

ޖަލްސާގައި ޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާ އެމަނިކުފާނު ސިޔާސަތު ގަބޫލުކުރައްވާ ގައުމު ދެކެ ލޯބިވާ ހުރިހާ އެންމެންނަށް ފްރޮންޓު އޮފީސް ޖަލްސާއަށް ދައުވަތު އަރުވާ ކަމަށް ޕީއެންއެފުން ވަނީ ހާމަކޮށްފައެވެ. ވީހާވެސް ގިނަ ބަޔަކު ޖަލްސާގައި ބައިވެރިވުމަކީ ޕާޓީގެ ވަރަށް އެދުމެކެވެ.

ޕީއެންއެފުން އާންމުކޮށް ބާއްވަމުންދާ މި ޖަލްސާތަކަކީ ސަރުކާރު ޒިންމާދާރުކުރުވުމަށް ޕީއެންއެފްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބާއްވާ ޖަލްސާތަކެކެވެ. އެގޮތުން ސަރުކާރުން ހިންގާ ނުރަނގަޅު ކަންކަމާއި، ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުންތަކުގެ މައުލޫމާތުތައް ސާފުކޮށްދީ، ރައްޔިތުންނާ ހަމައަށް ހަގީގަތް ހާމަކުރުމަކީ މި ޖަލްސާތަކުގެ މައިގަނޑު މަގުސަދެއް ކަމަށް އެ ޕާޓީން ބުނެއެވެ.

ފްރޮންޓް އޮފީހުގައި ސިލްސިލާކޮށް ބާއްވަމުންދާ މި ބައްދަލުވުންތަކުގައި ރައީސް ޔާމީން ގެންދަވަނީ ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުވިދާޅުވެ، ޤައުމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އެހެންކަމުން މިރޭގެ ޖަލްސާގައިވެސް ޤައުމީ މަސްލަޙަތާ ގުޅުންހުރި ގިނަ ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved