May 18, 2026
Advertisement
ތިން ރައީސުންގެ މަސައްކަތް: މަންދޫބުން ކަނޑައަޅާ މަގުޗާޓު އެކުލަވާލަން ފަށަނީ!
ތިން ރައީސުންގެ މަސައްކަތް: މަންދޫބުން ކަނޑައަޅާ މަގުޗާޓު އެކުލަވާލަން ފަށަނީ!

ތިން ރައީސުންގެ މަސައްކަތް: މަންދޫބުން ކަނޑައަޅާ މަގުޗާޓު އެކުލަވާލަން ފަށަނީ!

May 17, 2026, 03:10 PM
މާލެ ސިޓީ

ރާއްޖޭގެ ކުރީގެ ތިން ރައީސުން އެކުގައި ނު=ިކުމެ ގައުމުގެ ކަންކަން ހަމަމަގަށް އެޅުވުމަށް ކުރަން ފަށާފައިވާ މަސައްކަތްުގައި ކޮންމެ ރައީސަކުްވެސް ތަމްސީލުކުރާނެ މަންދޫބުން ކަނޑައަޅާ، މަސައްކަތުގެ މަގުޗާޓު އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

Advertisement

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީންއާ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފައްޓަވާފައިވާ އިދިކޮޅު ސިޔާސީ ހަރަކާތުގައިތިން ރައީސުންގެ ފަރާތުން މަންދޫބުން ހިމެނޭ ޓީމުގައި ތިއްބަވާނީ،:

ރައީސް ޔާމީން ފަރާްތްޕުޅުން އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު އަދި، ޕާލޭގެ މޭޔަރު ކަމަށް ރައީސް ޔާމީންގެ އެންޑޯޒްމަންޓާ އެކު ނުކުންނެވި އިސްމާއިލް ޒަރިޔަންދުއެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ތިއްބަވާނީ، ރައްޔިތުން މަޖިލީހުގެ ކުރީ ނައިބު ރައީސް، އީވާ އަބްދުﷲ އާ، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްއެވެ.

ރައީސް ސޯލިހުގެ ފަރާތްޕުޅުން ތިއްބަވާނީ، މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް އަދި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އެވެ.

މި ކޮމިޓީ ވެގެންދާނީ ތިން ރައީސުން އެއްބަސްވެވަޑައިގެންނެވި ގޮތަށް ހަރަކާތްތައް ރާވައި ހިންގުމުގައި އަދި ކުރިއަށް ހުރި ދުވަސްތަކަށް އިސްތިރާޖީ ގޮތުން މަސައްކަތް ކުރާނެ ކޮމިޓީއަށެވެ. މިއީ މި ތިން ރައީސުންގެ މެދުގައި މަޝްވަރާ ކުރުމަށް މިފަދަ ކޮމިޓީއެއް އެކުލަަވާލި ފުރަތަމަ ފަހަރެވެ.

 ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މާދަމާ ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ރައީސުންވެސް ވަނީ މިއީ ރިޔާސީ އިންތިޚާބަކަށް އަމާޒުކޮށްގެން އުފެއްދި ކޯލިޝަނެއް ނޫން ކަމަށާއި، މި މަސައްކަތުގެ އަސްލަކީ ގައުމުގެ ކަންކަން އިސްލާހުކުރުން ކަމަށް ފާހަގަކުރައްވާފައެވެ.  

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved