May 20, 2026
Advertisement
ޝާމިންގެ ހިތްވަރެއް ބައްޔެއް ނުކުރެވޭނެ: ޕީއެންއެފްގެ މީޑިޔާ ކޯޑިނޭޓަރ
ޝާމިންގެ ހިތްވަރެއް ބައްޔެއް ނުކުރެވޭނެ: ޕީއެންއެފްގެ މީޑިޔާ ކޯޑިނޭޓަރ / ސޯޝަލް މީޑިއާ

ޝާމިންގެ ހިތްވަރެއް ބައްޔެއް ނުކުރެވޭނެ: ޕީއެންއެފްގެ މީޑިޔާ ކޯޑިނޭޓަރ

May 19, 2026, 09:21 PM
މާލެ ސިޓީ

ނޫސްވެރިކަމުގެ މިނިވަން ކަމަށް ގޮވާލާއާ، ޖަލުގައި ބަންދުކޮށްފައިވާ ތިބި ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ބަންފުކޮށްފައި ހުރި މުހައްމަދު ޝާމިންއަށް ކިތަންމެ ވަރަކަށް ބަންދުގެ މުއްދަތު ޖެހިޔަސް އޭނާ ބަލިކަށި ކޮށްނުލެވޭނެ ކަމަށް ޕީއެންއެފްގެ މީޑިޔާ ކޯޑިނޭޓަރ އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

Advertisement

އަހުމަދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝާމިން ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ، 12 މެއި 2026ގައި ކުރިމިނަލް ކޯޓު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައު، ފުލުހުންގެ ކޮންސްޓަބަލް އަކަށް ހަމަލާ ދިފައިވާކަމުގެ ތުހުމަތުގައެވެ. އެއާއެކު އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.

އެކަމަށް އިޝާރާތްކޮށް އަހުމަދު ވިދާޅުވެފައިވަނީ، ޝާމިންގެ ބަންދަށް އިތުރު 15 ދުވަސް ޖެހީ އޭނާ ބަލިކަށިކޮށް، ހިތްވަރު އެލުވާލަން ކަމަށް ހީވާނަމަ އެއީ ކުށް ހީއެއް ކަމަށެވެ. އަހުމަދު ވަނީ ޝާމިންގެ ހިތްވަރު ބަލި ނުކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

މާލޭގައި ކޮންމެ ރެއަކު ވެސް މިހާރު ގެންދަނީ ޖަލުގައި ތިބި ނޫސްވެރިން މިނިވަން ކުރުމަށާ ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް ނެރެފައިވާ "ގެގް" އޯޑަރު އުވާލުމަށްވެސް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.

މި ސަރުކާރުން ނޫސްވެރިން ޖަލަށްލާ، ޚިޔާލުފާޅުކުރުުގެ މިނިވަން ކަމަށް އަރަމުން ގެންދާތީ ކުރީގެ ތިން ރައީސުން ކަމަށްވާ، ރައީސް ޔާމީނާ ރައީސް ނަޝީދުގެ އިތުރުން ރައީސް އިބޫވެސް ވަނީ ސިޔާސީ ޚިޔާލާ ފިކުރު އެއް ފަރާތްކޮށް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ ގައުމުގެ ކަންކަން ހަމަމަގަށް އަޅުވަން އެކުގައި މަސައްކަތްކުރަން ނިންމާފައެވެ..

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved