May 18, 2026
Advertisement
ރައީސް ޔާމީންގެ ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ!
ރައީސް ޔާމީންގެ ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ! / ތޭރަ އޮންލައިން

ރައީސް ޔާމީންގެ ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ!

May 17, 2026, 03:41 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފްގެ ޖަގަހަ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

ޕާޓީގެ އެސްޖީ މުހައްމަދު މަލީހު ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ޕާޓީގެ ޖަލްސާއެއް މިރޭ 8:45 ގައި އޮންނާނެ ކަމަށެވެ. ޖަލްސާ އޮންނާނީ އެ ޕާޓީގެ އޮފީސް، ހ.ދޫވެހިގެ ފުރަތަމަ ފަންގިފިލާގައެވެ.

މި ޖަލްސާގައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީއެންއެފް އިން މައުލޫމާތު ދެއެވެ. ރައީސް ޔާމީންގެ އިތުރުން އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެންއެފް އިން ބުނި ގޮތުގައި މިފަދަ ޖަލްސާތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ރައީސް މުއިއްޒުގެ ސަރުކާރު ޒިންމާދާރުކުރުވުމާއި، ގައުމުގެ ކަންކަން ހިނގަމުންދާ ގޮތުގެ ހަގީގީ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި ސަރުކާރުން ހާމަނުކުރާ ކަންކަމާއި ގައުމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަކީ ވެސް މި ޖަލްސާތަކުގެ މުހިއްމު ބޭނުމެކެވެ.

ޖަލްސާކުރާ މާލަމުގެ މަރާމާތަކަށް ޕީއެންއެފްގެ ޖަލްސާތަކަށް ކުޑަ މަޑުޖެހުމެއް އައި ނަމަވެސް އެ ޕާޓީއަށް ތާއީދުކުރާ އާންމުން ގެންދަނީ މަގުމަތީގެ ހަރަކާތްތައް ބާއްވާ ސަރުކާރު ޒިންމާދާރުކުރުވާ ޖަވާބުދާރީ ކުރުވަން އަޑުއުފުލަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންއެފް އިން ބާއްވަމުންދާ މި ޖަލްސާތަކަށް އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދެއެވެ. ހާއްސަކޮށް ސޯޝަލް މީޑިއާ އާއި އެކި ވަސީލަތްތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ބަޔަކު މި ޖަލްސާތައް ބަލައި، ޝުއޫރު ފާޅުކުރަމުންދާކަން ފާހަގަކުރެއެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved