May 14, 2026
Advertisement
ބިރު ދައްކާ ވަރަކަށް މަގުމަތީގެ ހަރަކާތްތައް ވާނީ ވަރުގަދަ: ބައިވެރިން
ބިރު ދައްކާ ވަރަކަށް މަގުމަތީގެ ހަރަކާތްތައް ވާނީ ވަރުގަދަ: ބައިވެރިން / ސޯޝަލް މީޑިއާ

ބިރު ދައްކާ ވަރަކަށް މަގުމަތީގެ ހަރަކާތްތައް ވާނީ ވަރުގަދަ: ބައިވެރިން

May 13, 2026, 11:54 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފަށް ތާއީދު ކުރާ މީހުން މާލެ ސިޓީގައި ކުރިއަށް ގެންދާ މަގުމަތީ ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށާ ބިރު ދެއްކި ވަރަކަށް ވާނީ އިތުރަށް ވަރުގަދަ ކަމަށް އެ ހަރަކާތުގެ ބައިވެރިން ހާމަކޮށްފިއެވެ.

Advertisement

 ޕީއެންއެފަށް ތާއީދު ކުރާ ފަރާތްތަކުން އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މަގުމަތީ ހަރަކާތުގެ ތެރެއިން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ރޭ މެންދަމުގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ.

ފުލުހުންގެ ކަސްޓޯޑިއަލްއިން ނުކުމެ އެ ބައިވެރިން ވަނީ މިއީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ބިރު ދައްކަން ކުރާ ކަމެއް ކަމަށް ބުނެފައެވެ. އެހެންކަމުން މަގުމަތީ ހަރަކާތަށް ރައީސް މުއިއްޒުގެ ސަރުކާރު ގުނޑައިފިކަން ހާމަވެއްޖެ ކަމަށާ މިހާރު ރައީސް މުއިއްޒު ގަބޫލުކުރާ ދިވެހި ރައްޔިތަކު ނެތް ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ހަރަކާތްތައް ދާނީ އިތުރަށް ވަރުގަދަވެ ކުރިއަށް ކަމަށާ މަގުމަތީގެ ހަރަކާތަށް އަންނާނެ މަޑު ޖެހުމެއް ނޯންނާނެ ކަމަށް ވެސް އެ ބައިވެރިން ވަނީ ހާމަކޮށްފައެވެ.

އަންގާ ދުވަހުރެގެ ހަރަކާތުގެ ތެރެއިން ފުލުހުްނގެ ބެލުމުގެ ދަށަށް ގެންދިޔައީ ޕީއެންއެފްގެ ސެނެޓަރ ޑރ.އަބްދުﷲ އިބްރާހިމު، މަގުމަތީ ހަރަކާތުގައި އިސްކޮށް އުޅޭ ޕީއެންއެފްގެ މެމްބަރު އަހުމަދު އިރުޝާދު އަދި ޕީއެންއެފްގެ އަންހެން މެމްބަރު ފުތިހާ ޝާކިރުއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved