March 23, 2026
Advertisement
އިސްމާއިލް ޒަރިޔަންދު
އިސްމާއިލް ޒަރިޔަންދު / ތޭރަ އޮންލައިން

ސަރުކާރުގެ ނިންމުމުގެ އެންމެ ބޮޑު ނަތީޖާއަކީ ފައިސާ ހޯދަން މެދުވެރިއަކު ހިމެނުން: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 5, 2026, 08:01 PM
މާލެ ސިޓީ

ޕެންޝަން ފަންޑާ އެމްއެމްއޭ ބޭނުންކޮށްގެން ސަރުކާރުން ހިންގަން އުޅޭ މުއާމަލާތުގައި ގޯސް ނަތީޖާތަކެއް ނުކުންނާނެ ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ގައުމީ މިނިވަން ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ޒަރިޔަންދު މިފަދައިން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޒަރިޔަންދު ވިދާޅުވެފައިވާ ގޮތުގައި، މަރުކަޒީ ބޭންކުގެ ލިކިއުޑިޓީއަކީ ސީދާ އެމްއެމްއޭއިން ސަރުކާރަށް ފޮނުވުމުގެ ބަދަލުގައި، ޕެންޝަން ފަންޑު މެދުވެރިކޮށް، ރޫޓުކޮށް އެންމެ ފަހުން ޓްރެޝަރީއާ ހަމައަށް ފޯރާ އެއް ކަމަށެވެ.

އެ އޮނިގަނޑު ހުށަހަޅާފައިވަނީ، އެމްޕީއޭއޯއިން އިންވެސްޓުމަންޓު ނިންމުމުގެ ގޮތުން ނަމަވެސް އޭގެ އިގްތިސޯދީ ނަތީޖާއަކަށް ވާނީ ސަރުކާރަށް ފައިސާ ހޯދަން މެދުވެރިއަކު ހިމެނުން ކަމަށްވެސް ޒަރިޔަންދު ފާހަގަކުރައްވާފައިވެއެވެ.

ޒަރިޔަންދު ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، 2.4 ބިލިއަންގެ މުއާމަލާތުގައި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ޖަވާބުދާރީވުމާ ޕޮލިސީ އެޕްރޫވަލް އޮތީ އެމްޕީއޭއޯގެ ބޯޑަށް ކަމަށާ މީހުން ވަކިކުރުމާ ޝަކުވާ ހުށަހެޅުން އޮތީ އެމްޕީއޭއޯގެ ސިއީއޯގެ އަތުގައި ކަމަށެވެ. އަދި މަނިޓަރީ ޑިސިޕްލިން ހިފަަހެއްޓުން އޮތީ ގަވަރުނަމުގެ ޒިންމާއެއްގެ ގޮތުގައި ކަން ވެސް ޒަރިޔަންދު ފާހަގަކުރެއްވިއެވެ.

ޒަރިޔަންދު މުހިއްމު ވާހަކަތަކެއް ހިއްސާ ކުރައްވާފައިވާއިރު، ސަރުކާރުން ވަނީ ޕެންޝަން ބޯޑަށް ވަގުތީ ޗެއަރޕާސަނެއް އައްޔަނުކޮށް ސަރުކާރުން ބޭނުންވި ގޮތަށް، ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ހިންގަންއުޅޭ 2.4 ބިލިއަން ރުފިޔާގެ މާލީ މުޢާމަލާތް ކުރިއަށް ގެންދަން ފާސްކޮށްފައެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ޕެންޝަން ފަންޑުން މިހާރު ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭ އަށް ވިއްކާލުމަށްފަހު، އެމްއެމްއޭއިން ޕެންޝަން ފަންޑަށް ލިބޭ 2.4 ބިލިއަން ރުފިޔާއިން، މާލީ ވުޒާރާގެ 2.4 ބިލިއަން ރުފިޔާގެ އާ ބޮންޑަށް ޕެންޝަން ފަންޑުން އިންވެސްޓް ކުރުމަށެވެ. ނަމަވެސް އެމްއެމްއޭއިން ފައިސާ ނެރުމަކީ ފައިސާގެ ސަޕްލައި އިތުރުވެ، ފައިސާ ޗާޕުކުރުން ކަމުގައި ބެލެވޭނެ ކަމަށް އިޤްތިޞާދީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved