https://d4c6pcg441iw6.cloudfront.net/media/og/01J44TT6DEBWTVC0Z6B4EDJB9V.jpg
theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ގަވަރުނަރު މުނައްވަރު އާ ރައީސް މުއިއްޒު / ރައީސް އޮފިސް
ސިޔާސީ
ސަރުކާރުން އުޅެނީ އޮޅުވާލައިގެން މަނީ ލޯންޑަރކުރަން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
05 ފެބްރުއަރީ 2026
މާލެ ސިޓީ

ސަރުކާރުން އުޅެނީ އޮޅުވާލައިގެން ޕެންޝަން އޮފީސް ތެރެއިން  މަނީލޯންޑާ ކުރަން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑަށް، މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދުމަކީ އިގްތިސޯދަށް ގެއްލުންވާނެ ނިންމުމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ވިދާޅުވެ، ޕެންޝަން ބޯޑުގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު އިނާޒު އާ އެމްއެމްއޭން 2.4 ބިލިއަން ރުފިޔާ ހޯދައިގެން ސަރުކާރުގެ ޓީ-ބޮންޑެއްގައި އިންވެސްޓްކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުގެ އަގުލަބިއްޔަތުން ނިންމުމާ ގުޅިގެން، އެކަމާ ދެކޮޅު ހެއްދެވުމުގެ ގޮތުން، އަހުމަދު ސަރުވަޝް އާދަމް ވެސް މިދިޔަ ސެޕްޓެމްބަރުގައި ވަނީ އެ ބޯޑުން އިސްތިއުފާ ދެއްވާފައެވެ. ހަމައެއާއެކު ޖެހިގެން އައި މަހު، ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވެސް މަގާމުން އިސްތިއުފާ ދެއްވި އެވެ.

އެކަންކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އިނާޒް އިސްތިއުފާ ދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓުން ވެސް އެ ނިންމުން ނިންމެވީ، ޕެންޝަން އޮފީހުގެ ތެރެއިން ސަރުކާރުން މަނީލޯންޑަކުރަން އުޅޭތީކަން ސާފުކޮށް އެނގޭ ކަމަށެވެ. އެހެންކަމުން ސަރުކާރުން އުޅެނީ އޮޅުވާލުންތަކެއް އޮޅުވާލައިގެން ކަމަށާ ހިސާބު އަކުރުތައް ދޮގުނުހަދާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ދައުލަތުގައި ފައިސާ ނެތުމަކީ އުފާވާ ކަމެއް ނޫން ކަމަށާއި އެކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް ކަމަށެވެ.

ހަމަ ވަރަށް ރަނގަޅު މީހެއް އިސްތިއުފާދީފައި ދުރަށް އެ ދިޔައީ، ޕެންޝަން އެޑްމިނިސްޓްރޭޝަނުން އެނގޭތޯ. އެތާ އެތެރެއިން މަނީލޯންޑާކުރަން އުޅުނީމަ އެނގޭތޯ. ޕެންޝަން އޮފީސް ތެރެއިން އެ އުޅުނީ މަނީލޯންޑަކުރަން. އެހެންވީމާ މިހެން އޮތްއިރު ކޯޗެއްހޭ އޮޅުވާލަން ތިއުޅެނީ. ހިސާބުތަކެއް ދޮގެއް ނުހަދާނޭ. ދައުލަތުގައި ފައިސާ ނެތްކަމަކީ އެންމެނަށް އެނގޭ ކަމެއް

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން މިހާރު ހިންގަން އުޅޭ މުއާމަލާތް ހިންގަން އުޅެނީ ރައީސް މުއިއްޒު ކުރިން ފައިސާ ޗާޕު ނުކުރާނެ ކަމަށް ގަދަބަސް ވިދާޅުވެފައި އޮތުމުން ކަންކަން ހަމަމަގަށް އަޅުވަން ގޮތް ހުސްވެގެން ކަމަށެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ޕެންޝަން ފަންޑުން މިހާރު ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭ އަށް ވިއްކާލުމަށްފަހު، އެމްއެމްއޭއިން ޕެންޝަން ފަންޑަށް ލިބޭ 2.4 ބިލިއަން ރުފިޔާއިން، މާލީ ވުޒާރާގެ 2.4 ބިލިއަން ރުފިޔާގެ އާ ބޮންޑަށް ޕެންޝަން ފަންޑުން އިންވެސްޓް ކުރުމަށެވެ. ނަމަވެސް އެމްއެމްއޭއިން ފައިސާ ނެރުމަކީ ފައިސާގެ ސަޕްލައި އިތުރުވެ، ފައިސާ ޗާޕުކުރުން ކަމުގައި ބެލެވޭނެ ކަމަށް އިޤްތިޞާދީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved