
ރައީސުލްޖުމްހޫރިއްޔާ، ރިޔާސީ ބަޔާން އިއްވަވާއިރު، އެއީ ޚުތުބާއެއް ކިޔާހެން ކިޔާ ނިންމާލާ ފައިބައިގެން ދާ ޖެހޭ ކަމެއްގެ ގޮތުގައި ވެގެން ނުވާނެ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ ބަޔާނާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާ ވަގުތުން ސުވާލުކުރުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަންވާނެ ކަމަށެވެ. އަދި ޚުތުބާއެއް ކިޔާހެން ކިޔާ ނިންމާފަ ފައިބައިގެންދާ ގޮތަށް އޮންނައެއްޗަކަށް ރިޔާސީ ބަޔާން ވެގެން ނުވާނެ ކަމަށް ވެސް އަލީ ވިދާޅުވެފައިވެއެވެ.
އަލީ މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުހައްމަދު އިއްވި 3 ވަނަ ރިޔާސީ ބަޔާން ބުރާސްފަތި ދުވަހު އިއްވާފައިވާއިރު، އިދިކޮޅު މެމްބަރުން ތަޅުމުން ނެރެ ޕިއެންސީއިން ދެއްކީ ހުތުރު މިސާލެއް ކަމަށް ގިނަ ބަޔަކު ބުނަމުންދާކަން ފާހަގަކޮށްލެވެއެވެ.










