
ފެނަކަ ކޯޕަރޭޝަނުގައި މަސައްކަތް ކުރަމުން އަންނަ އާދައިގެ ނިކަމެތި މުވަައްޒަފުން ވަޒީފާއިން ވަކިކޮށް މަގުމަތި ކުރަމުންދާތީ ގާނޫނީ ވަކީލު އަލީ ހުސެއިންގެ ނުުރުހުން ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު މިހާރު ހުޅުވާވުމަށް އިޝާރާތްކުރައްވާ އަލީ އެކްސްގައި ކުރެއްވި ޕޯސްތެްގައި ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނުގައި މަސައްކަތް ކުރަމުން އަންނަ އާދައިގެ ނިކަމެތި މުވަައްޒަފުން ވަޒީފާއިން ވަކިކޮށް މަގުމަތި ކުރުމުގެ ކުރިން ސަރުކާރުގެ ބޮޑެތި އިސްރާފުތައް ހުއްޓާލައި، ބޮޑެތި މުސާރަތައް ލިބޭ ބޭކާރު މަގާމްތައް އުފެއްދުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވެފައިވަނީ ފެނަކަ ކޯޕަރޭޝަނުގައި މަސައްކަތް ކުރަމުން އަންނަ އާދައިގެ ނިކަމެތި މުވަައްޒަފުން ވަޒީފާއިން ވަކިކޮށް މަގުމަތި ކުރުމުގެ ކުރިން ސަރުކާރުގެ ބޮޑެތި އިސްރާފުތައް ހުއްޓާލަން ޖެހޭ ކަަމަށެވެ. އަދި ބޮޑެތި މުސާރަތައް ލިބޭ ބޭކާރު މަގާމްތައް އުފެއްދުން ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި ފުރަތަމަ ވެސް އެންމެ އާދައިގެ މީހުންނާ ދިމާކޮށް އެމީހުން މަގުމަތިކުރުން ރަނގަޅެއް ނޫން ކަމަށް ލިޔުއްވާފައިވެއެވެ.
އަލީ މިފަދައިން ވިދާޅުވެފައިވާއިރު، ފެނަކައިގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހަސަން ސޮއިކުރެއްވި މެމޯއެއްގައިވާ ގޮތުން، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ 15:00 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މިގޮތަށް ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދިނުމަށް ވަނީ ނިންމާފައެވެ.










