April 30, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ވެނެޒުއޭލާގެ އިންތިހާބު މިއަހަރު ބޭއްވިދާނެ: މަޗާޑޯ

Yana Shareef
ޔާނާ ޝަރީފް
Feb 6, 2026, 04:45 AM

މިއަހަރުގެ ފަހުކޮޅު ވެނެޒުއޭލާގައި ރިޔާސީ އިންތިހާބު ބޭއްވޭނެ ކަމަށް ގަބޫލުކުރާ ކަމަށް އެ ގައުމުގެ އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯ ވިދާޅުވެއްޖެއެވެ.

Advertisement

ވެނެޒުއެލާގެ 2024 ވަނަ އަހަރުގެ އިންތިހާބުގައި 70 އިންސައްތަ ⁠ވޯޓް ހޯދި ކަމަށް ބުނި މަޗާޑޯ ވަނީ އެގައުމުގެ ގިނަ ދުވަސްވީ ލީޑަރު ނިކޮލަސް މަޑޫރޯ އެމެރިކާ އަތުލައިގަތުމާ ގުޅިގެން މިދިޔަ މަހު ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކޮށް އޭނާގެ މަތީ ޑިޕްލޮމެޓާއި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ވާހަކަ ދައްކަވާފައެވެ.

ޓްރަމްޕް ޖެނުއަރީ މަހު ބުނީ ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް އަށް ތާއީދު ކުރެއްވި ނަމަވެސް މަޗާޑޯ "ކޮންމެވެސް ގޮތަކުން ޝާމިލް ކުރަން" ވިސްނަމުންދާ ކަމަށެވެ.

މަޗާޑޯ ވިދާޅުވީ އިންތިހާބުގެ މަރުހަލާއާ ގުޅޭ ގޮތުން ޓްރަމްޕާ އަދި ވާހަކައެއް ނުދައްކަވާ ކަމަށެވެ. ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި އަޑުއެހުމެއްގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ވިދާޅުވީ ވެނެޒުއެލާގެ އާ ލީޑަރުން އެމެރިކާއާ ގާތް ގުޅުމެއް ގާއިމް ކުރަމުންދާ ކަމަށެވެ.

އެމެރިކާ ސިފައިން ވެނެޒުއޭލާގައި މިދިޔަ މަހުގެ 3 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މަޑޫރޯ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، އެމެރިކާއާއި ދެކޮޅަށް ހަތިޔާރު ބޭނުން ކުރުން ފަދަ ކުށްތަކުގެ ކުރުމުގެ ތުހުމަތުގައެވެ. އެމެރިކާއިން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި މަޑޫރޯގެ އިތުރުން އޭނާގެ އަނބިކަނބަލުން، ސީލިއާ ފްލޯރެސް ވެސް ވަނީ ވަގަށް ނަގާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved