April 30, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ޕާކިސްތާނުގެ އަސްކަރިއްޔާގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 216 އަށް

Yana Shareef
ޔާނާ ޝަރީފް
Feb 6, 2026, 04:52 AM

ޕާކިސްތާނުގެ ބަލޫޗިސްތާނުގައި ވަކިވެގަތް ޖަމާއަތަކާ ދެކޮޅަށް ހަފްތާއެއްހާ ދުވަހު ހިނގި ހަމަލާތުގައި މަރުވި މީހުންގެ އަދަދު 216 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

Advertisement

އެ ގައުމުގެ އަސްކަރިއްޔާއިން ބުނީ މިހާރު އެ ހަނގުރާމަތައް ނިމިފަައިވާ ކަމަށެވެ.

ޕާކިސްތާނުގެ އެންމެ ބޮޑު އަދި އެންމެ ފަގީރު ޕްރޮވިންސް ބަލޫޗިސްތާނުގެ ހަނގުރާމަ ނިމުމަކަށް އައީ ވަކިވެގަތް ބަލޫޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އިން މިހާތަނަށް ހިންގި އެންމެ ބޮޑު އެއް އޮޕަރޭޝަންގައި މުޅި ސަރަހައްދުގެ ސްކޫލްތަކާއި ބޭންކުތަކާއި މާކެޓްތަކާއި ސެކިއުރިޓީ އިންސްޓޯލޭޝަންތަކަށް ވަދެގަތުމަށްފަހުއެވެ.

މީގެ ކުރިން އޮފިޝަލުން ވަނީ މި ހަމަލާގައި 145 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މޮހްސިން ނަގްވީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ހަމަލާތައް ކުށްވެރިކޮށް، ސަލާމަތީ ބާރުތަކުން އެ ހަމަލާތަކުން ކާމިޔާބު ހޯދާފައިވާ ކަމަށެވެ. އަދި ހަނގުރާމަވެރިންގެ ތެރެއިން ބައެއް ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved