April 3, 2026
Advertisement
-
- / ތޭރަ އޮންލައިން

ޓައިމްލައިންތަކެއް ނެތިވާ ވައުދުތައް ފުއްދޭނެކަމުގެ ސުވާލު އުފެދޭ: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 8, 2026, 02:05 AM
މާލެ ސިޓީ

ޓައިމްލައިންތަކާ ތަރުތީބުކަމެއް ނެތި ވަމުންދާ ވައުދުތަކަކީ ފުއްދިދާނެކަމުގެ ސުވާލު އެކަމުގައި އުފެދޭ ކަންކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވާ ގައުމީ މިނިވަން ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވަނީ މި މަހުގެ 5 ވަނަ ދުވަހު ރައީސް ޑރ މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ހުރި ތާކުން ނުޖެހޭ ބައެއް ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން 10 ރިސޯޓެއް ޖަޒީރާ ތަރައްގީގެ ގޮތުގައި ތަރައްގީ ކުރައްވާނެ ކަމަށަ އެކަމުގެ ފައިދާ ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށް ވިދާޅުވިކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވީ، ސާފު ޓައިމްލައިންތަކާއި، އެޕްރޫވަލްތަކާއި، ފައިނޭންސިން ނެތި އެ ސްކޭލްގެ ވައުދުތަކުން ފީސިބިލިޓީއާ މެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަށެވެ.

ޒަރިޔަންދު އެ ވިދާޅުވަނީ ބެލެވޭ ގޮތުގައި ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުގައި އޮއްޓަރު ހުރި ވާހަކައެއް ނުދައްކަވާ ކަމުގައެވެ.

ސަރުކާރު ކުންފުންޏެއް މެދުވެރިކޮށް، މަދުވެގެން 10 ރިސޯޓު ހަދައި، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާ ޖަމާ ކޮށްދިނުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތާ އެއްވެސް ގުޅުމެއް ނެތް ބަޔާނެއްގެ ގޮތުގައި ގިނަ ރައްޔިތުންވެސް ފާހަގަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved