April 15, 2026
Advertisement
ޣައްޒާގެ ޚާން ޔޫނުސްގައި ސުންނާފަތި ވެފައިވާ އިމާރާތެއް ކުރިމަތީ އަންހެނަކު ކުއްޖަކު އުރާލައިގެން
ޣައްޒާގެ ޚާން ޔޫނުސްގައި ސުންނާފަތި ވެފައިވާ އިމާރާތެއް ކުރިމަތީ އަންހެނަކު ކުއްޖަކު އުރާލައިގެން / އޭއެފްޕީ

ފާއިތުވި 24 ގަޑިއިރު ޣައްޒާއިން 78 މީހަކު ޝަހީދު ކޮށްލައިފި

Aishath Naja
އައިޝަތު ނަޖާ
Mar 9, 2024, 07:20 PM
ފަލަސްޠީން

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު ޣައްޒާއިން 78 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

Advertisement

ޣައްޒާގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނިރުބަވެރި އިސްރާއީލުން ފާއިތުވި 24 ގަޑިއިރު ޝަހީދުކޮށްލި 78 މީހުންނާއި އެކީ، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 30،878 އަށް އަރާފައެވެ.

އަދި ފާއިތުވި 24 ގަޑިއިރު ދިން ހަމަލާތަކުގައި އިތުރު 104 މީހަކަށް އެކިވަރުގެ ޒަހަމްތައް ދިނުމާއި އެކީ ޖުމްލަ ޒަހަމްވި މީހުންގެ އަދަދު 72،402 އަށް އަރާފައެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް އެތަކެއް ބަޔަކު އެބަތިއްބެވެ. އެހެން ކަމުން ޝަހީދުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ފެށިފައިވަނީ އިސްރާއީލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެންނެވެ. މިހަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ހަމަލާދިން ނަމަވެސް ހަމަލާގައި މިހާތަނަށް ޝަހީދުވެފައިވާ ގިނަ މީހުންނަކީ އާންމުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved