March 26, 2026
Advertisement
ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުން
ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުން / ރައީސް އޮފިސް

ސިއްރު ސިއްރުން ސިންގަޕޫރަށް މުއިއްޒު ކުރެއްވި ދަތުރުގެ މައުލޫމާތު ހާމަކުރަން ގޮވާލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 8, 2026, 10:31 PM
މާލެ ސިޓީ

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ވަރަށް ސިއްރުން ސިންގަޕޫރަށް ވަޑައިގެންނެވި ގެންނެވުމުގެ މައުލޫމާތު ހާމަކުރަން ގޮވާލައިފިއެވެ.

Advertisement

މިފަދައިްނ ގޮވާލެއްވީ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުއެވެ.

މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑިމޮކްރަސީތަކުގައި ވެރިމީހާގެ ސިއްޙީ މަޢުލޫމާތަކީ ސިއްރެއް ނޫންކަމަށެވެ. އެހެންކަމުން ރިޔާސީ ބަޔާން އިއްވުމަށް ފަހު ވަރަށް ސިއްރު ސިއްރުން ސިންގަޕޫރަށް މުއިއްޒު ކުރެއްވި ދަތުރުގެ މަޢުލޫމާތު ހާމަކުރަން ގޮވާލާކަމަށް މަލީހުގެ ޕޯސްޓުގައިވެއެވެ.

މީގެ އިތުުރުން މަލީހު ވަނީ އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު އަނެއްކާވެސް ރައީސް މުއިއްޒު ޖަރުމަނަށް ފުރާ ވަޑައިގަންނާވާނެ ކަން ވެސް ހާމަކުރައްވާފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު މިސްމީޑިޔާގައި ދަނީ އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަން ކަމަށް ބުނެ ޕޮސްޓުތަކެއް ދައުރުވަމުންނެވެ. އެހެންކަމުން ރައީސް އޮފީހުން އެކަމުގައި ހަނު ނުތިބުމަށްވެސް މަލީހު ވަނީ ގޮވާލައްވާފައެވެ. ރައްޔިތުންނަށް އެކަންކަން އެނގެން ޖެހޭ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved