theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު / ޤައުމީ ކެނޑިޑޭޓްގެ އޮފީސް
ހަބަރު
ސަރުކާރުގެ ރޭވުންތެރިކަމެއް ނެތް، ތަކެތީގެ އަގު އުފުލޭނެ، އެންމެ ބޮޑަށް އަސަރު ކުރާނީ މާލެ ސިޓީއަށް: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު
Mariyam Isaadha
މަރިޔަމް އިސާދާ
09 ފެބްރުއަރީ 2026
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކަންކަން މެނޭޖުކުރުމުގެ ރޭވުންތެރިކަމާ ގާބިލުކަން ނެތް ކަމަށާ އޭގެ ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގު ކުރިއަށް އޮތް ކައިރި މުސްތަގުބަލެއްގައި އުފުލި، އެކަމުގެ ތަކުލީމު އެންމެ ބޮޑަށް އުފުލަން ޖެހޭ ބަޔަކަށްވެގެންދާނީ މާލޭ ސިޓީގައި ދިރިއުޅެމުންދާ ރައްޔިތުން ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ގައުމީ މިނިވަން ކެނޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސަރުކާރުގެ ބޭކާރު ޚަރަދުބޮޑުވެ، މި 2026 ވަނަ އަހަރު ދައްކަންޖެހޭ 1.1 ބިލިޔަން ޑޮލަރުގެ ދަރަނި ދެއްކުމަށް ދެކޮޅު ޖެހޭ ރޭވުންތެރިކަމެއް ނެތި، މިވަގުތު ޔޫސަބަލް ރިޒާރވްގައި 1 މަސް ދުވަހުގެ އިމްޕޯރޓަށް ބޭނުންވާ މިންވަރަށްވެސް ބޭރު ފައިސާ ނެތް ކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވެފައިވަނީ، މި އަހަރަށް ދައުލަތުގެ ކޭޝްފްލޯއަށް ބޭނުންވާ 26 ބިލިޔަން ރުފިޔާގެ 0 ޗާޕުކުރުން ނޫންގޮތެއް ނުފެންނާތީ، މިވަރަށް ރުފިޔާ ޗާޕުކޮށްގެން އިންތިހާއަށް ތަކެތީގެ އަގުބޮޑުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ކަންކަން އެ އުސޫލުން އޮތްއިރު، ބޭރު ފައިސާ ރައްކާކުރުމުގެ ޤާބިލުކަން ގެއްލެމުން ގޮސް، ގޭހާއި، ތެލާއި ބޭސް އިމްޕޯޓަށް ބުރޫއަރައިފިނަމަ، މިކަމުގެ އެންމެ ފުރަތަމަ ކެކުޅުމާއި، އެންމެ ބޮޑު އަސަރެއްކުރާނީ، ވަޒީފާގެ ފުރުސަތާއި، ބޭސްފަރުވާއާއި އެހެނިހެން އަސާސީ ކަންކަމަށް މަޖުބޫރުވެގެން ރާއްޖޭގެ ރައްޔިތުންގެ އާބާދީގެ Q ދިރިއުޅެން ޖެހިފައިވާ މާލޭސިޓީއަށް ކަމަށް ޒަރިޔަންދު ފާހަގަކުރައްވާފައިވެއެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު، އެޕްރިލު މަހުވެސް ދައްކަން ޖެހޭ ބޮޑު ދަރަންޏެއް އޮވެމެ ސަރުޚާރުން ގެންދަނީ އެ ދަރަނި ދައްކަން ވެސް ދަރަނ ނަގަން ވިސްނަމުންނެވެ. އޭގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި ޑޮލަރުގެ އަގު އަރައިގެން ގޮސް ތަކެތީގެ އަގު އިންތިހާއަށް އަރައިގެން ދާނެ ކަމަށް އިގްތިސޯދީ މާހިރުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved