
އިންޑިއާ ބޭނުން ގަޑިއެއްގައި ރާއްޖެ ދަރުވާލެވޭ ވަރަށް ރާއްޖެ މިހާރު އިންޑިއާގެ ދަށުވެފައިވާ ކަމަށް މާލީ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު ވިދާޅުވީ، ގައުމެއްގެ ވެރިއަކަށް ހުންނަވަން ވާނީ ބުއްދިވެރި ނިންމުން ނިންމާ ވެރިއެއް ކަމަށާ އެ ނިންމުންތައް ވާން ވާނީ ވަށާ ޖެހޭ ނިންމުން ތަކަކަށް ކަމަށެވެ. އެގޮތުން އެފަދަ ރައީސަކަށް އޭނާއަށް ފެިފައިވަނީ ރައީސް އަބްދުﷲ ޔާމީން ކަމަށްވުމުން އެމަނިކުފާނާ އެކު ސިޔާސީ މަސައްކަތް ކުރަން ނިންމީ ކަމަށް ވިދާޅުވެ ޒަރިޔަންދު އިތުރަށް ވިދާޅުވީ، ބޭރު ދުނިޔޭގެ ވަރުގަދަ ނުފޫޒުން ގައުމު ސަލާމަތް ނުކުރެވުނު ވެރިންތަކެއް ގައުމު ދެކެފި ކަމަށާ ފޯލަވަހިވެސް ދިނީ އެފަދަ ވެރިންތަކެއް ކަމަށާ ރައީސް ޔާމީނާ ހަމައަށް އެނބުރޭއިރު އެމަނިކުފާނު ޖަލަށް ލުމަށް ބަޔަކަށް މަޖްބޫރުވީވެސް އެހެން އެކަންކަން ދީއްލާ ނުލާނެކަން އެނގޭތީ ކަމަށެވެ.
ޒަރިޔަންދު ވިދާޅުވީ، ގައުމުގެ މިނިވަންކަމާ ސިޔާދަތު ގެއްލޭ މިންވަރަަށް ކުރީ ސަރުކާރުންނާ މި ސަރުކާރުންވެސް ރާއްޖޭގެ މާލީ ގާނޫނުތަކާ ދަރަނި ނެގޭ ގާނޫނުތަކަށް ވެސް ބަދަލު ގެނެސްފައި ކަމަށާ، މިހާރުވެސް ގައުމު އޮތީ އިންޑިއާ ބޭނުން ގަޑިއެއްގައި ރާއްޖެ ދަރުވާލެވޭ ވަރަށް ރާއްޖެ މިހާރު އިންޑިއާގެ ދަށުވެފައިވާ ކަމަށްވެސް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.
ޒަރިޔަންދު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ދައުރު ނިމެންދެން ވެސް ވެރިކަމުގައި ހުރުން އޭނާ ނޭދޭ ކަމަށެވެ.










